April 24, 2026
Advertisement
މަލީހު ވިދާޅުވަނީ ފުލުހުންގެ މުއައްސަސާގައި ސޭލް އަޅުވާ ވަރަށް މައްސަލަ އެބަހުރި ކަމަށް
މަލީހު ވިދާޅުވަނީ ފުލުހުންގެ މުއައްސަސާގައި ސޭލް އަޅުވާ ވަރަށް މައްސަލަ އެބަހުރި ކަމަށް / ތޭރަގްރެފިކްސް

ފުލުހުންގެ މުއައްސަސާގައި ސޭލް އަޅުވާ ވަރަށް މައްސަލަަތައް ހުރީ ފުނި ޖެހިފައި: މަލީހު

Mariyam Isaadha
މަރިޔަމް އިސާދާ
Sep 2, 2025, 10:30 PM
މާލެ ސިޓީ

ފުލުހުންގެ މުއައްސަސާގައި ނުބަލާ ގިނަ މައްސަލަތަކެއް ފުނި ޖެހިފައި އެބަހުރި ކަމަށް ޕީއެންއެފްގެ ސެކެރެޓަރީ ޖެނެރަލް މުހައްމަދު މަލީހު ޖަމާލު ވިދާޅުވެއްޖެއެވެ.

Advertisement



މަލީހު މިފަދައިން ވިދާޅުވީ އާދިއްތަ ދުވަހުގެރޭ ބޭއްވި ޕީއެންއެފްގެ ޓައުން ހޯލު ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ.


ފުލުހުންގެ މުއައްސަސާއަށް ރައްޔިތުންގެ އިތުބާރު ހޯދަން ޖެހިފައިވާ ކަމަށާ އެކަމަށް ހުރިހާ ފުލުހުންވެސް މަސައްކަތްކުރަން ޖެހޭ ކަމަށް ސީޕީ އިސްމާއިލް ނަވީން ވިދާޅުވެފައިވާތީ އެކަމަށް އިޝާރާތްކުރައްވާ މަލީހު ވިދާޅުވީ ރައްޔިތުންގެ އިތުބާރު ހޯދޭނީ ރައްޔިތުންނާ ގުޅުން ހުރި ބޮޑެތި މައްސަލަތައް ހަމަހަމަ ކަމާ އިންސާފުން ތަހުގީގުކޮށްދީގެން ކަމަށެވެ.



އެގޮތުން މަލީހު ވަނީ އާންމު ރައްޔިތުންނާ ގުޅުން ހުރި ބޮޑެތި މައްސަލަތަކާ އަދި ދައުލަތާ ގުޅުން ހުރި ބޮޑެތި މައްސަލަތަކުގެ އިތުރުން ދައުލަތުގެ ވެރިންނާ ގުޅުން ހުރި ބޮޑެތި މައްސަލަތައް ވެސް ފުނި ޖެހި ފުލުހުންގެ އިދާރާ ސޭލް އަޅުވާ ވަރަށް އެބަހުރި ކަމަށެވެ. މަލީހު ވިދާޅުވީ ފުލުހުންނަށް އިތުބާރު ނުކުރެވޭ ވަރަށް މިހާރު މުއައްސަސާގެ އަގު ވެއްޓިފައިވެސް ވާ ކަމަށެވެ.

ރައްޔިތުންގެ އިތުބާރު ހޯދަންޏާ ބިސްމި ކިޔާފައި ބަލަންވީ އައްޕަތުރޭގެ މައްސަލަ. ޑިއެންއާރު މައްސަލަ. ފަޒުލްގެ ވައްކމުގެ މައްސަލަ. މުއާޒުގެ ވައްކަމުގެ މައްސަލަ. ޒަކިއްޔާގެ މަރުގެ މައްސަލަ. މިހެން ގޮސް ކިތައް މައްސަލަ ފުނި ޖެހިފައި އެހުރީ. މިހާރު ފުލުހުންގެ އިދާރާގައި މައްސަލަ ހުރީ ކްލިއަރެންސް ސޭލްއެއް ޖައްސާ ހިސާބުގައި.

މަލީހު

މަލީހު އިތުރަށް ވިދާޅުވީ، މިހާރު މީޑިޔާތައް މަރާލަން ބިލެއް ހުށަހަޅައިގެން އުޅެނީ ދައުލަތުގައި ހުރި ގިނަ މައްސަލަތައް ރައްޔިތުންނާ ހަމައަށް ތިލަކޮށްދޭތީ ކަމަށެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved