theyra online
ހަބަރު
ސިޔާސީ
ވިޔަފާރި
ދުނިޔެ
ރިޕޯޓު
ވީޑިއޯ
ފޮޓޯ
Theme
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved
ޑރ ޖަމީލް ޖަލްސާގައި / ތޭރަ އޮންލައިން
ސިޔާސީ
ޖަމީލްގެ ޗެލެންޖެއް ކޮމިޝަނަރ ނަވީނަށް: ސަރުކާރުން ޑީއެންއާރްއިން ވައްކަން ކުރި މައްސަލަ ބަލަން ކެރޭނެތޯ؟
Aiminath Zawjah
އައިމިނަތް ޒަޢުޖާ
02 ސެޕްޓެމްބަރު 2025
މާލެ ސިޓީ

އަދުގެ ސަރުކާރުން އިސްވެހުރެ، ހޯމްލޭންޑް މިނިސްޓަރު އަލީ އިހުސާންގެ ބެލުމުގެ ދަށުން ދިވެހިރާއްޖޭގެ ޑީއެންއާރް ބޭނުންކޮށްގެން ޕީއެންސީއަށް މެންބަރުން އިތުރުކުރުމަށް ކުރި ވައްކަން ރައްޔިތުން ފުލުހުންނަށް ކުރާ އިތުބާރާއި ތާއީދު އަލުން އިއާދަކުރުމަށް ބަލަން ކެރޭނެތޯ ުރީގެ ޑރ މުހައްމަދު ޖަމީލު މުހައްމަދު ކޮމިޝަނަރ އޮފް ޕޮލިސް އިސްމާއީލް ނަވީނަށް ގޮވާލާފިއެވެ.

އާދިއްތަ ދުވަހުގެ ރޭ ޕީއެންއެފްއިން ބޭއްވި އެ ޕާޓީގެ ސިލްސިލާ ޓައުން ހޯލް ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ޑރ ޖަމީލް ވިދާޅުވީ ޑީއެންއާރް އިން ވައްކަން ކުރި ކަމަށް ހޯމް މިނިސްޓަރު އިއުތިރާފު ވެފައިވާ ކަމަށާއި ރައްޔިތުންގެ މިފަދަ ޒާތީ މައުލޫމާތުތަކުން ސަރުކާރުން އިސްވެތިބެ ސިޔާސީ މަންފާއަށް ވައްކަން ކުރުމަކީ ބޮޑު ކުށެއް ކަމަށެވެ.

އިހުސާނުގެ ބެލުމުގެ ދަށުން އިހުސާން ޑީއެންއާރް އިން ވައްކަން ކޮށްފި. މިއީ ތޯތޯ ކަމެއް ނޫން. މިއީ ރާއްޖޭގެ ޑީއެންއާރް ތެރޭގައި ހުރި ރައްޔިތުންގެ ޒާތީ މައުލޫމާތު. ސަރުކާރުން ރައްކާތެރިކުރަންޖެހޭ މައުލޫމާތުން ސަރުކާރުން ވައްކަން ކުރުމުން ކޮމިޝަނަރ އަށް ކެރިދާނެތޯ އިތުބާރު ހޯދުމަށް މި މައްސަލަ ބަލަން.

- ޑރ ޖަމީލް ވިދާޅުވިއެވެ.

މީގެ އިތުރުން، މި ފަހުން އުސް އިމާރާތަކުން އަންހެން ކުއްޖެއް ވެއްޓުނު މައްސަލައިގައި ކުރީގެ އެޓާނީ ޖެނެރަލް ޑރ މުނައްވަރުގެ ދަށުން ކުރި ތަހުގީގުން ހޯމް މިނިސްޓަރު ޒިންމާ ނަގަން ޖެހޭ ކަންކަން ހާމަވެފައިވާ ކަމަށާއި މި މައްސަލަވެސް ބެލުމަށް ޖަމީލް ވަނީ ކޮމިޝަނަރ އޮފް ޕޮލިސް އަށް ގޮވާލާފައެވެ.

އަދި ދުނިޔޭގެ ޑިމޮކްރަސީގައި މިފަދަ މައްސަލަތައް ދިމާވުމުން އެންމެ ރީތީ ގޮތަކީ އެމީހެއް އަމިއްލައަށް މަގާމުން ދުރައް ދިޔުން ކަމަށާއި ނުގޮސްފިނަމަ އެމީހަކު އެ މަގާމުން ދުރުކުރުމަކީ ރައީސުލްޖުމްހޫރިއްޔާގެ މައްޗަށް ލާޒިމު ކަމެއް ކަަމަށް ޑރ ޖަމީލް ވަނީ ރައީސަށް ހަނދާންކޮށްދީފައެވެ.

ދިވެހި ރައްޔިތުން ފުލުހުންނަށް ކުރާ އިތުބާރު މިހާރު ގެއްލިފައިވާ ކަމަށް ފާހަގަކުރައްވާ ޑރ ޖަމީލް ވިދާޅުވީ އިންސާފުވެރިކަމާއި އެކު ގައުމުގައި ކުރިމަތިވަމުންދާ މިފަދަ މައްސަލަތައް ތަހުގީގުކޮށް ރައްޔިތުންނަށް ހަގީގަތް ހާމަކޮށް ރައްޔިތުންގެ އިތުބާރު ހޯދުމަށް ފުލުހުންނަށް ޖެހިފައިވާ ކަމަށެވެ.

ކޮމެންޓު
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved