ދިވެހިރާއްޖޭގެ ރައީސުލް ޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު ރައީސް އަބްދުﷲ ޔާމީން މިނިވަން ކުރަން ނޫޅުއްވާ ކަމަށް ރައީސް ޔާމީން އަލަށް އުފައްދަވާ ޕާޓީ ޕީއެންއެފް އުފެއްދެވުމުގައި އިސްކޮށް ހަރަކާތްތެރިވާ އަހުމަދު މުހައްމަދު (އިކާރ) ވިދާޅުވެއްޖެއެވެ.
އަހުމަދު މިފަދައިން ވިދާޅުވީ ހޯމަ ދުވަހުގެ ރޭ ޗެނަލް 13 އިން ގެނަސްދިން ޕީއެންއެފްގެ އަދާހަމަ ޕްރޮގްރާމް ގައި ވާހަކަ ދައްކަވަމުންނެވެ.
އަހުމަދު ވިދާޅުވީ ރައީސް ޑރ މުއިއްޒު ރައީސް ޔާމީން މިނިވަން ކުރާކަށް ނޫޅޭ ކަން މިއަދު ވަރަށް ސާފު ކޮށް އިނގޭ ކަމަށެވެ.
މީގެ އިތުރުން އަހުމަދު ވިދާޅުވީ ރައީސް ޑރ މުއިއްޒު އެންމެ ފުރަތަމަ ވީ ވައުދު އަދިވެސް ނުފުއްދަވާ ކަމަށާއި އެހެންނަމަވެސް އަދިވެސް އެދަނީ ވައުދު މައްޗަށް ވައުދު ވަމުން ކަމަށެވެ.
އެހެންމަ މިހާރު އަޅުގަނޑުމެންނަށް އިނގޭ އެބަ ރައީސް މުއިއްޒުއެއް ނޫޅޭ ކަން ރައީސް ޔާމީން މިނިވަން ކުރާކަށް
މީގެ އިތުރުން ހޯމަ ދުވަހު ރައީސް ޑރ މުއިއްޒު ހދ ނޮޅިވަރަމަށް ވަޑައިގެން ރައީސް ޔާމީން މިނިވަން ކުރައްވާނެ ކަމަށް ވިދާޅުވެ ރައްޔިތުން ގާތު އަނެއްކާވެސް މިވާހަކަތައް ދައްކަން ފެށުމުން އަހުމަދު ވަނީ ކަންބޮޑުވުން ވެސް ފާޅުކޮށްފައެވެ.