

ދިވެހިރާއްޖޭގެ ޓުއަރިޒަމް ބޮއިކޮޓުކޮށް އިންޑިއާ މީހުން ޗުއްޓީ ހޭދަކުރަން ލަކްޝަދީބަށް ދާން އެ ގައުމުގެ ބޮޑު ވަޒީރު ނަރެންދްރަ މޯދީ ގޮވާލި ނަމަވެސް ރާއްޖެއައުން މާ އަގު ހެޔޮަކަން އޭނާއަށް ހަނދާންކޮށްދީފިއެވެ.
އިންޑިއާގެ ރާޖްޔާ ޝަބާގެ މަތި ގޭގައި އާންމު އާދްމީ ޕާޓީގެ ފަރާތުން ޕަންޖާބު ތަމްސީލު ކުރާ މެމްބަރު ރާގަވް ޗައްޑާ ވަނި އިންޑިއާގެ އިގްތިސޯދީ ހާލަތު ދަށްވެ އާންމު ރައްޔިތުން އުޅެން ޖެހިފައިވާ ނިކަމެތި ހާލަތާ މެދު ކަންބޮޑުވުން ފާޅުކޮށް ވާހަކަ ދައްކާފައެވެ.
ރާގަވް ބުނެފައިވާ ގޮތުގައު މިއަދު ދަތުރު ފަތުރުގެ ނިޒާޟުގައި "އިކޮނޮމީ" ކްލާސް ނުވަތަ މެދު ފަންތީގެ މީހުން ދަތުރުކުރުމަށް އެންމެ ގިނައިން ޚިޔާރު ކުރާ ސީޓުތަކަކީ ވެސް އަގު ބޮޑު އެއްޗަކަށް ވެފައިވާ ކަމަށެވެ. އެގޮތުން އިކޮނޮމީ ކްލާހުގައި ދަތުރުކުރާ މީހާ ބޯން ގަންނަ ސައި ތައްޓާ ފެންފުޅީގެ އަގުވެސް އިންތިހާއަށް މިހާރު އިންޑިއާގައި އަރާފައިވާކަން ފާހަގަކޮށް ރާގަވް ބުނެފައިވަނީ އިންޑިއާ ރައްޔިތުންނަށް ރާއްޖެއަށް ޗެއްޓީ ހޭދަކުރަން ނުދާން އިންޑިއާގެ ބޮޑު ވަޒީރު ގޮވާލިއިރު، ލަކްޝަދީޕަށް ދާން އެންމެ ކުޑަމިނުން ނަގާ ޓިކެޓުގެ އަގުވެސް ރާއްޖެއަށް ދާން ނަގާ ޓިކެޓަށް ވުރެ އަގު ބޮޑު ކަމެވެ،
ރާއްޖެ ނުދާން ގޮވާލާއިރު އިންޑިއާއިން ރާއްޖެއަށް ދާން ޓިކެޓެއްގެ އަގަީ 17000 އިންޑިއާ ރުފިޔާ. އެކަމަކު އިންޑިއާގެ ތިބެ ލަކްޝަދީޕަށް ދާން 25000 ރުޕީސް އެބަ ހޭދަ ކުރަން ޖެހޭ ހަމައެކަނި ޓިކެޓަށް.
ރާގަވް ވަނީ އިންޑިއާ ސަރުކާރުން އާންމުނާ މެދު ނުވިސްނާތީ އެކަމާ ވެސް ނުރުހުން ފާޅުކޮށްފައެވެ.
އިންޑިއާގެ ބޮޑު ވަޒީރު ނަރެންދްރަ މޯދީ ވަނީ ރާއްޖޭގެ ޓުއަރިޒަމް ބޮއިކޮޓުކޮށް ލަކްޝަދީޕު ޕްރޮމޯޓުކުރަން ގޮވާލާ ވީޑިއޯއެއްވެސް ކުޅެފައެވެ.
ރާއްޖޭގެ ޓުއަރިޒަމް ބޮއިކޮޓުކުރަން ގޮވާލުމުން މޯދީއާ ދެކޮޅަށް ދިވެހި ސަރުކާރުގެ ތެރެއިން އަޑު އުފުލި ތިން ނައިބު ވަޒީރަކު މަގާމުން ވަކިކޮށްފައިވެސް ވެއެވެ.