April 27, 2026
Advertisement
ޕީއެންއެފްގެ އެސްޖީ މަލީހް
ޕީއެންއެފްގެ އެސްޖީ މަލީހް / މިހާރު

މުއިއްޒު ސަރުކާރުގެ ވައްކަން ނުހުއްޓި ރާއްޖޭގެ އިޤްތިޞާދު ހަމައަކަށް ނޭޅޭނޭ: މަލީހް

Aiminath Zawjah
އައިމިނަތް ޒަޢުޖާ
Sep 4, 2025, 12:27 AM
މާލެ ސިޓީ

މުއިއްޒު ސަރުކާރުގެ ވައްކަން ނުހުއްޓި ރާއްޖޭގެ އިޤްތިޞާދު ހަމައަކަށް ނޭޅޭނޭ ކަމަށް ޕީއެންއެފްގެ ސެކްރެޓަރީ ޖެނެރަލް މުހައްމަދު މަލީހް ޖަމާލް ވިދާޅުވެއްޖެއެވެ.

Advertisement

މަލީހް އެކްސްގައި ކޮށްފައިވާ ޕޯސްޓެއްގައި ބުނެފައިވާ ގޮތުގައި ދިވެހި ޤައުމުގެ އިގްތިސާދު ދަރަނިވެރިވެފައިވާ އިރު ސަރުކާރުން ހިންގަމުންދާ ވައްކަމާއި ކޮރަޕްޝަންތައް އިތުރުވެ ހަމައަކަށް ނޭޅޭނަމަ ގައުމުގެ ޙާލަތު ދާނީ ގޯހުން ގޯހަށް ކަމަށެވެ.

މި ސަރުކާރު ވެރިކަމަށް އައީ އެމްޑީޕީ ވެރިކަމުން ދަރަނިވެރި ކުރި ކަމަށް ބުނާ އިގްތިސާދީ އަނދަވަޚުން ގައުމު ކުރިއަށް ގެންދާނެ މާސްޓަރ ޕްލޭންއެއް އޮތް ކަމަށް ބުނެ ކަމަށާއި ނަމަވެސް މިވީ ދެ އަހަރު ތެރޭގައި ރައްޔިތުންނަށް ފެނިގެން ދިޔައީ އެހެން މަންޒަރެއް ކަމަށް މަލީހް ވަނީ ފާހަގަކޮށްފައެވެ.

ދައުލަތުގެ ބަޖެޓުން ފައިސާ އިސްރާފުކޮށް، ފަިއދާ ލިބިދެނިވި އެއްވެސް މަޝްރޫއުއެއް މުއިއްޒަށް މިހާތަނަށް ސެކިއުއާ ކޮށްދެވިފައިނުވާއިރު، މުއިއްޒު އަންނަނީ ރައްޔިތުންގެ އަރިހަށް ޒިޔާރަތްކޮށް އެއް ވައުދުތަކެއް ތަކުރާރު ކުރަމުންކަން ފާހަގަކުރެވެއެވެ.

މީގެއިތުރުން، ކޮންމެ މިލިއަނަކުން 05 ލައްކަ ރުފިޔާ މިހާރުގެ ސަރުކާރުން ފެތިގެން ދަނީ ކޮރަޕްޝަންއަށް ކަމަށް ވިދާޅުވެ މަލީހް ވަނީ ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ.

މުއިއްޒު ވެރިކަމާއި ހަވާލުވިފަހުން ރަސްމީ ދަތުރުތަކުގެ ނަމުގައި ދައުލަތުގެ އެތަކެއް ފައިސާ އިސްރާފުކޮށްފައިވާއިރު، ސަރުކާރުގެ ކުންފުނިތައް މެދުވެރިކޮށް މިހާރުގެ އިސްވެރިން އަންނަނީ އަމިއްލަ ފައިދާއަށް އެތަކެއް ވައްކަމުގެ ޖަރީމާތައް ހިންގަމުން ކަމަށް މަލީހް ސިފަކުރެއްވިއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved