April 18, 2026
Advertisement
ރައީސް ޔާމީން ޕީއެންއެފް ޖަލްސާގައި ވާހަކަފުޅު ދައްކަވަނީ
ރައީސް ޔާމީން ޕީއެންއެފް ޖަލްސާގައި ވާހަކަފުޅު ދައްކަވަނީ / ތޭރަ އޮންލައިން

ނޫސްވެރިން "އުލު" ބައިންދަން ގޮވާލި މައްސަލަ ނުބަލާނެ: ރައީސް ޔާމީން

Mariyam Isaadha
މަރިޔަމް އިސާދާ
Sep 4, 2025, 03:36 AM
މާލެ ސިޓީ

އިނގުރައިދޫ ދާއިރާގެ މެމްބަރު އިބްރާހިމު ފަލާހު ނޫސްވެރިންނާ މީޑިޔާތައް އުލު ބައިންދަން ބުނި މައްސަލަ ނުބަލާނެ ކަމަށް ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެއެވެ.

Advertisement

އެމަނިކުފާނު މިފަދައިން ވިދާޅުވީ، އާދިއްތަ ދުވަހުގެރޭ ބޭއްވި ޓައުން ހޯލު ޖަލްސާގައެވެ. އެމަނިކުފާނު ވިދާޅުވީ ނޫސްވެރިންނަށް އަނިޔާވެރިވުމަށް ގޮވާލުމަށް ފަހު އޭގެ މާނަ އޮޅުވާލަން ފަލާހު މަސައްކަތްކުރެއްވި ނަމަވެސް އެކަން އޮއްބާލާ ރައްޔިތުންނަށް އޮޅުވާނުލެވޭނެ ކަމަށެވެ. އަދި އެއީ ސީދާ ބަޔަކަށް އަނިޔާވެރިވުމަށް ގޮވާލި ގޮވާލުމެއް ކަމަށާ އެ މައްސަލަަ ބަލަން ފުލުހުން، މީހެއްގެ ލަފައަކަށް އެދެން ނުޖެހޭނެ ކަމަށެވެ.

އެގޮތުން ޕީޖީގެ ލަފައަކަށް އެ މައްސަލައިގައި އެދުނު ނަމަވެސް އެއީ ފުލުހުންނަށް ބެލޭނެ މައްސަލައެއް ކަމަށް ވިދާޅުވެ ރައީސް ޔާމީން ވިދާޅުވީ، ފަލާހުގެ މައްސަލަ ނުބަލާނެ ކަމަށާ އެއީ ރައީސް މުހައްމަދު މުއިއްޒު މިހާރު އަންގަވާ ހުރިހާ އެންގެވުމަކަށް ބޯ ލަނބަނީ ފަލާހު އެކަނި ކަމަށް ވުމުން ކަމަށެވެ.

ރައީސް ޔާމީން ވިދާޅުވީ، ފަލާހުގެ މައްސަލައިގައި ޕީޖީގެ ލަފައަކަށް އެދިފައިވަނީ ޕީޖީ މަޅިއެއްގައި ބައްދަން ކަމަށެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved