April 17, 2026
Advertisement
-
- / ސޯޝަލް މީޑިއާ

މިފަދަ ޒަމާނެއްގައި ޚިޔާލުފާޅު ކުރުމުގެ މިނިވަންކަން ބަންދުކުރަން އުޅޭނީ ހިސާބަށްވުރެ ގަމާރުވީމާ!

Aiminath Zawjah
އައިމިނަތް ޒަޢުޖާ
Sep 4, 2025, 08:08 PM
މާލެ ސިޓީ

ޓެކްނޮލޮޖީގެ ގޮތުން މިހާ ކުރިއަރާފައިވާ ޒަމާނެއްގައި ޚިޔާލުފާޅު ކުރުމުގެ މިނިވަންކަން ބަންދުކުރަން ސަރުކާރަކުން މަސައްކަތް ކުރުމަކީ އެ ބަޔެއްގެ ހުރި ނުވިސްނޭ "ގަމާރު" ކަމުން ކަމަށް ޕީއެންއެފްގެ އިސް ސަފުގައި ހަރަކާތްތެރިވަމުން އަންނަ އަހްމަަދު މުހައްމަދު ވަހީދު (ވައްޑެ) ވިދާޅުވެއްޖެއެވެ.

Advertisement

ވައްޑެ އެކްސްގައި މިއަދު ކޮށްފައިވާ ޕޯސްޓެއްގައި ބުނެފައިވަނީ ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމަކީ ގާނޫނީ ގޮތުން ކޮންމެ ފަރުދަކަށްވެސް ލިބިދީފައިވާ ޙައްޤެއް ކަމަށާއި މިފަދަ ޙައްގެއް ގައުމުގެ ރައީސް އިސްވެހުރެ ނިގުޅައިގަތުމަށް މަސައްކަތްތ ކުރުމަކީ މުއިއްޒާއި ސަރުކާރުގެ ނުބައި ނުލަފާ ކަމުން ކަމަށެވެ.

ރާއްޖޭގެ މީޑިޔާތަކާއި ނޫސްވެރިން ކޮންޓްރޯލް ކުރުމަށް ހުށަހަޅާފައިވާ މީޑިއާ ކޮންޓްރޯލް ބިލާއި ގުޅިގެން ނޫސްވެރިންނާއި އިދިކޮޅު ފަރާތްތަކުން އަންނަނީ ސަރުކާރަށް ބޮޑެތި ފާޑުކިޔުންތައް އަމާޒުކުރަމުންނެވެ.

މިގޮތުން، މި ބިލު ބޭރުކުރުމަށް ގޮވާލާ ނޫސްވެރިންގެ އިހުތިޖާޖުތަކެއް ކުރިއަށް ގެންގޮސްފައިވާއިރު، ގިނަ އަދަދެއްގެ ނޫސްވެރިން ވަނީ ރައީސް އޮފީހަށް މި ބިލު ބޭރުކުރުމަށް އެދި ޕެޓިޝަނެއްވެސް ހުށަހަޅާފައެވެ.

ނޫސްވެރިންގެ އިހުތިޖާޖުތަކާއި ގުޅިގެން ސަރުކާރުގެ އިސްވެރިން ބިލު ދިފާއުކޮށް ވާހަކަދައްކާފައިވާއިރު، ވެރިކަން ކުރާ ޕާޓީގެ ޕާލިމަންޓްރީ ގްރޫޕްގެ ލީޑަރު އިބްރާހީމް ފަލާހް ވަނީ ނޫސްވެރިން "އުލުބައިންދަން" ނުވަތަ މަރަން ރައްޔިތުންގެ މަޖިލީހުގައި ގޮވަލާފައެވެ.

ނޫސްވެރިންނާއި ދެކޮޅަށް މިފަދަ ލާއިންސާނީ އަމަލުތައް ހިންގުމަށް ސަރުކާރުން ގޮވާލާފައިވާއިރު، ފަލާހާއި ދެކޮޅަށް އެއްވެސް ފިޔަވަޅެއް ނޭޅުތާ ޕީއެންސީއިން ފަލާހްގެ ގޮވާލުން ކުށްވެރިކޮށް ނޫސްވެރިން ކިބައިން މާފަށްވެސް އެދިފައިނުވެއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved