
ބޮޓޭކޯގެ އާމްދަނީ އިތުރުވުން މައްސަލައަކަށް ވަނީ ރައްޔިތުން ބިޑި އަބުރަން ޖައްސާފަ މިލިއަނުން ދަމައިގަންނާތީ ކަމަށް ޕީއެންއެފްގެ ސެކްރެޓަރީ ޖެނެރަލް މުހައްމަދު މަލީހް ޖަމާލް ވިދާލުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ މާލީ ބަޔާންތައް އިއްޔެ ހާމަކޮށްފައިވާއިރު، ޕީއެންސީގެ ޕީޖީ އިބްރާހީމް ފަލާހަށް އަހަރެއްގެ މައްޗަށް 5 މިލިއަނަށްވުރެ ގިން އާމްދަނީއެއް ލިބިފައިވާ ކަމަށް މި ބަޔާނުން ހާމަވެފައިވާތީ މަލީހް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ.
މަލީހް ކުރެއްވި އެކްސް ޕޯސްޓެއްގައި ވިދާޅުވީ ރައްޔިތުން ބިޑި އަބުރަން މި ސަރުކާރުން މަޖުބޫރުކޮށްފައި، ފަލާހްމެން ފަދަ މެންބަރުންގެ އާމްދަނީ އިތުރުވުމަކީ މައްސަލައެއް ކަމަށެވެ.
މުއިއްޒު ވެރިކަމަށް ވަޑައިގެން ރާއްޖޭގައި ވޭޕް އެތެރެކޮށް ބޭނުންކުރުން ވަނީ މަނާކޮށްފައެވެ. ވޭޕް އެކޭ އެއްގޮތަށް ބިޑި ނުވަތަ ދުންފަތުގެ އިސްތިއުމާލު ކުރުމަކީ އިންސާނާގެ ހަށިގަނޑަށް ގެއްލުންދެނިވި އެއްޗަކަށް ވާއިރު މުއިއްޒު ސަރުކާރުގެ ސިޔާސީ ބޭނުމަށް މިފަދަ ދޯހަޅި ނިންމުންތައް ނިންމަމުންދާތީ މި ސަރުކާރަށް އަންނަނީ ބޮޑެތި ފާޑުކިޔުންތައް އަމާޒުވަމުންނެވެ.
މީގެ އިތުރުން، ރައްޔިތުން ހާލުގައި ޖެއްސުމަށްފަހު މުއިއްޒުގެ "އަޅުން" މި ފެންވަރަށް ދިޔުމަކީ މައްސަލައެއް ކަމަށް މަލީހްގެ ޕޯސްޓްގައި ވަނީ ފާހަގަކުރައްވާފައެވެ.
ފަލާހްގެ މާލީ ބަޔާނަށް ގިނަ ބަޔެއްގެ ފާޑުކިޔުން އަމާޒުވެފައިވާއިރު، ފަލާހް ވަނީ އަންނަ އަހަރުވެސް މިއަށް ވުރެ އާމްދަނީ އިތުރުވާނެ ކަމަށް ބުނެ ރައްޔިތުން ނިކަމެތިކޮށް ރައްދު ދެއްވާފައެވެ.










