April 4, 2026
Advertisement
.
. / މަޖިލިސް

މާލީ ބަޔާން ހުށަނާޅާ ލިސްޓުގައި މަޖިލީހުގެ ފަސް މެމްބަރުން ހިމެނޭ!

Sep 4, 2025, 08:03 PM

ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ތެރެއިން މަޖިލީހަށް ހުށަހަޅަންޖެހޭ މާލީ ބަޔާން ހުށަނާޅަނީ ފަސް މެންބަރުންކަން ހާމަވެއްޖެއެވެ.

Advertisement

އެގޮތުން ރައްޔިތުންގެ މަޖިލީހަށް މާލީ ބަޔާން ހުށަނާޅަނީ މައްޗަންގޮޅި މެދު ދާއިރާގެ މެންބަރު އަހްމަދު ޒަމީރު، މާފަންނު އުތުރު ދާއިރާގެ މެންބަރު މުހައްމަދު ނާޒިމް، މާފަންނު ހުޅަނގު ދާއިރާގެ މެންބަރު މުހައްމަދު މުސްތަފާ އިބްރާހިމް, ކުރެންދޫ ދާއިރާގެ މެންބަރު މުހައްމަދު ޝާމިން އަދި ފޭދޫ އުތުރު ދާއިރާގެ މެންބަރު އިސްމާއިލް ނިޒާރު އެވެ.

މަޖިލީހުގައި 93 މެންބަރުން ތިބޭއިރު އޭގެ ތެރެއިން އިއްޔެ މަޖިލީހުގެ ވެބްސައިޓަށް އަޕްލޯޑުކުރީ 88 މެންބަރެއްގެ މާލީ ބަޔާނެވެ. ބާކީ ފަސް މެންބަރުންގެ މާލީ ބަޔާން މަޖިލީހުގެ ވެބްސައިޓަށް އަޕްލޯޑު ނުކުރަނީ އެ މާލީ ބަޔާންތައް މުއްދަތުގެ ތެރޭގައި ފޮނުވާފައިނުވާތީއެވެ.

މާލީ ބަޔާން ހުށަނާޅާ މެމްބަރުންގެ ތެރޭގައި ނިޒާރު ހިމެނޭ އިރު އޭނާގެ ވާހަކަ ނޫސްތަކުގައި ރިޕޯޓުކުރުމާއެކު އޭނާ ވަނީ ދައުރުން ބޭރު ޖަލްސާއެއް ބާއްވައިގެން ނަމަވެސް މީޑިޔާ ކޮންޓްރޯލް ބިލް ފާސްކުރުމަށް ގޮވާލާފައެވެ.

މަޖިލީހުގެ ގަވާއިދަށް 20 ވަނަ ރައްޔިތުންގެ މަޖިލީހުން ބަދަލު ގެނެސް، ހަމަޖެއްސީ އެއް އަހަރު ފަހުން މާލީ ބަޔާން ހުށަހަޅަންޖެހޭ ގޮތަށެވެ. އަދި ނިންމީ ބަޔާން ދޭންޖެހޭނީ ކޮންމެ އަހަރެއްގެ ވެސް އޯގަސްޓު 31، ގެ ނިޔަލަށް ކަމަށެވެ.

މަޖިލީހުން އާންމުކޮށްފައިވާ މާލީ ބަޔާންތަކުގައި ހިމަނާފައި ވަނީ އަހަރެއްގެ ތެރޭގައި ލިބުނު އާމުދަނީ އާއި ބޭންކު އެކައުންޓުތަކުގައި ހުރި ފައިސާ އާއި އަމިއްލަ ނަމުގައި ހުރި ދަރަނި/ލޯނުތަކާއި އަމިއްލަ ނަމުގައި ހުރި މުދަލުގެ ތަފުސީލެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved