March 17, 2026
Advertisement
-
- / ސޯޝަލް މީޑިއާ

ޝެއިޚް ޒައިދު: ތަކެތީގެ އަގު ބޮޑުވެ ގައުމު މިދަނީ ފާލުން ނެއްޓިގެން ނޫންތޯ؟

Aiminath Zawjah
އައިމިނަތް ޒަޢުޖާ
Sep 5, 2025, 06:58 PM
މާލެ ސިޓީ

ތަކެތީގެ އަގު ބޮޑުވެ ގައުމުގެ ހާލަތު ފާލުން ނެއްޓި އިހުނަށްވުރެ ގައުމުގެ ހާލަތު ދަށަށް ގޮސްފައިވާ ކަމަށް ޝެއިޚް އަލީ ޒައިދު ވިދާޅުވެއްޖެއެވެ.

Advertisement

ޝެއިޚް ޒައިދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ހުރިހާ ތަކެއްޗެއްގެ އަގު މިހާރު ހުރީ އަތް ނުފޯރާ ފަށުގައި ކަމަށާއި އިގްތިސާދީ މި ދަތިކަމުން އަރައިގަންނަން ސަރުކާރުން ގެންގުޅުއްވާ ސިޔާސަތުތަކަކީ ކޮބާތޯ އައްސަވާފައިވެއެވެ.

މީގެ ކުރިން ފަސް ހަ ރުފިޔާއަށް ލިބެމުންދިޔަ އާފަލުތަކުގެ އަގު މިހާރު 14 ރުފިޔާއަށް މަތިވެފައިވާއިރު މިއީ އާންމު ރައްޔިތުންނަށް ކުރިމަތިވެފައިވާ ބޮޑު ތަކުލީފެއް ކަމަށް ޝެއިޚްގެ ޕޯސްޓްގައި ސިފަކޮށްފައިވެއެވެ.

ގައުމުގެ އިންފްލޭޝަން މަތިވެ، ތަކެތީގެ އަގު ސަރުކާރަށް ކޮންޓްރޯލް ނުވެ ގައުމުގެ ހާލަތު އަންނަނީ ދުވަހެއް ދުވަހަކަށްވުރެ ދަށަށެވެ.

ސަރުކާރަށް ނިސްބަތްވާ ވެރިން އަރާމާއި އުފަލުގައި މިލިއަނުން އާމްދަނީ ހޯދަމުން ދާއިރު ތަކެތީގެ އަގުބޮޑުވެ ނިކަމެތި ރައްޔިތުން ޒަރޫރީ ބޭނުންތަކަށްވެސް ވިޔަފާރިކުރުމަށް އަންނަނީ ނުކުޅެދެމުންނެވެ.

ކުރީ ސަރުކާރުން ގައުމުގެ ހާލަތު އިގްތިސާދީ ހީނަރުކަމަށް ވައްޓާލާފައިވާ ކަމަށް ސަރުކާރުން މިހާރުވެސް ގޮވަމުން ދާއިރު، މި ހީނަރުކަމުން އަރައިގަތުމުގެ ބަދަލުގައި ސަރުކާރުގެ ސިޔާސަތުތައް ހުރީ އިގްތިސާދީ ގޮތުން ދުވަހަކުވެސް އަރައިނުގަނެވޭނެ ފަދަ ހާލަތަކަށް ރާއްޖެ ގެންދިޔުމަށް ހެން ސަރުކާރުގެ ސިޔާސަތުތަކުން ހާމަވެއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved