May 4, 2026
Advertisement
-
- / ސޯޝަލް މީޑިއާ

ކަރަންޓްގެ މައްސަލަ ބޮޑުވެ ކެންދޫ ރައްޔިތުން މުޒާހަރާ ކޮށްފި

Aiminath Zawjah
އައިމިނަތް ޒަޢުޖާ
Sep 5, 2025, 08:13 PM
މާލެ ސިޓީ

ބ. ކެންދޫއިން ކަރަންޓު ކެނޑުމުގެ މައްސަލަ ބޮޑުވެ، ފެނަކަ އިންޖީނުގެ ކުރިމަތީގައި އެ ރަށު ރައްޔިތުން މުޒާހަރާ ކޮށްފިއެވެ.

Advertisement

މީގެ 2 ދުވަސް ކުރިން ޖަނަރޭޓަރުން އަޑީތެޔޮ ހުސްވެގެން މުޅި ރަށުން ކަރަންޓު ކެނޑިފައިވާ ކަމަށާއި ފުރަތަމަ ޖަނަރޭޓަރު މައްސަލަ ޖެހުނީ މީގެ ހައެއްކަ މަސް ކުރިން ކަމަށް އެ ރަށުން މައުލޫމާތު ލިބެއެވެ.

ޖަނެރޭޓަރުގެ މަސައްކަތް ކުރާތީ ކެންދޫއަށް ކަރަންޓު ދެމުން އަންނަނީ ހަތަރު ފީޑަރުން ބަހާލައިގެން، ކޮންމެ ސަރަހައްދަކަށް 30-45 މިނެޓަށް ކަމަށް މައުލޫމާތު ލިބިފައިވާ އިރު އެއްވެސް ވަގުތެއްގައި މުޅި ރަށަށް އެއްފަހަރާ ކަރަންޓު ނުލިބެ އެވެ.

ކަރަންޓްގެ ޚިދުމަތަށް ބުރޫ އެރުމުގެ ސަބަބުން އާންމުންގެ އަގުބޮޑު މުދާ ހަލާކުވެ، އާންމު ދިރިއުޅުމަށް ވެސް ބުރޫ އަރަމުން އަންނަ ކަމަށް މުޒާހަރާ ބައިވެރިން ވަނީ ގޮވާލާފައެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved