theyra online
ހަބަރު
ސިޔާސީ
ވިޔަފާރި
ދުނިޔެ
ރިޕޯޓު
ވީޑިއޯ
ފޮޓޯ
Theme
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved
- / ތޭރަގްރެފިކްސް
ހަބަރު
މުއިއްޒުއާއި، އެބޭފުޅާގެ ސަރުކާރުންނާއި މަޖިލީހުން ދައްކަމުން ގެންދަނީ ބޮޑާކަމާއި ޖާހިލުކަން: ޖަމީލް
Aiminath Zawjah
އައިމިނަތް ޒަޢުޖާ
05 ސެޕްޓެމްބަރު 2025
މާލެ ސިޓީ

މުއިއްޒުއާއި، އެބޭފުޅާގެ ސަރުކާރުންނާއި މަޖިލީހުން މިހާރު ދައްކަމުން ގެންދަނީ ބޮޑާކަމާއި ޖާހިލުކަން ކަމަށް ބުނެ ޑރ މުހައްމަދު ޖަމީލް އަހްމަދު ފާޑުވިދާޅުވެއްޖެއެވެ.

އިނގިރޭސިވިލާތުގެ ޕްރައިމް މިނިސްޓަރެއްގެ ކޮރަޕްޝަން މައްސަލައެއް އެ ގައުމުގެ މީޑިއާއިން ތިލަކުރުމާއި ގުޅިގެން މިނިވަން ފުރިހަމަ ތަހުގީގެއް މިނިސްޓަރަށް ހިންގާ ފިޔަވަޅު އެޅި ޚަބަރެއް ޕޯސްޓް ކުރައްވާ ޑރ ޖަމީލް ވިދާޅުވީ މިފަދަ ކޮރަޕްޝަންތަކުގެ މައްސަލަތަކުގެ ވާހަކަތައް ނޫސްވެރިން ދެއްކެވުމުން އިނގިރޭސިވިލާތް ފަދަ ގައުމުތަކުން ނޫސްވެރިން އުލު ބައިންދަން ނުގޮވާ ކަމަށާއި އޭގެ ބަދަލުގައި އެފަދަ މީހުންނާއި މެދު ފުރިހަމަ ތަހުގީގު ހިންގާ ގާނޫނާއި ގަވާއިދުގެ މަތިން ފިޔަވަޅު އަޅަމުންދާ ކަމަށެވެ.

ރާއްޖޭގެ ވެރިކަން ކުރާ ޕީއެންސީ އަށް ނިސްބަތްވާ ބޭފުޅުންގެ ކޮރަޕްޝަނާއި ވައްކަމުގެ ވާހަކަތައް ނޫސްވެރިން ރައްޔިތުންނަށް ހާމަކުރަމުން ދާތީ ގާނޫނީ ފިޔަވަޅު އެޅުމުގެ ބަދަލުގައި އެވާހަކަތައް ދައްކާ މީހުންނާއި މެދު ލާއިންސާނީ އަމަލުތައް ހިންގުމަށް މި ސަރުކާރުން ގޮވާލަމުންދާތީ ޑރ ޖަމީލްގެ ޕޯސްޓްގައި ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.

މީގެ އިތުރުން، ނޫސްވެރިން އުލުބައިންދަން ގޮވާލި ޕީއެންސީގެ ޕީޖީ ލީޑަރު ފަލާހާއި، ބާރަށު ދާއިރާގެ މެންބަރު ޝުޖާއުގެ ކޮރަޕްޝަން މައްސަލައާއި، އެޗްޑީސީގެ ކުރީގެ އެމްޑީ ފަޒުލްގެ މައްޗަށް ކޮރަޕްޝަންގެ އެތަކެއް ތުހުމަތުތަކެއް ކުރެވިފައިވާއިރު އެ ބޭބޭފުޅުން އަދިވެސް މިނިވަންކަންމަތީ އުޅެމުންދާ ކަމަށާއި ފަލާހާއި ޝުޖާއު ހިންގާފައިވާ މުއާމަލާތުން އެކަނިވެސް މަޖިލީހުން ދުރުކުރަން މުއިއްޒުއަށް މަޖުބޫރު ކަމަށް ޑރ ޖަމީލް ވަނީ ގޮވާލާފައެވެ.

ނަމަވެސް، މި ސަރުކާރުން ގާނޫނު މާނަ ކުރަނީ މުޅިން ތަފާތުކޮށް ކަމަށް ފާހަގަކުރައްވާ ޖަމީލް ވިދާޅުވީ މުއިއްޒުގެ ގާތް ބޭފުޅުންނަށް ކޮރަޕްޝަނާއި ވައްކަން ކުރުން ހުއްދަ ކަމަށާއި ފިޔަވަޅު އަޅަން ޖެހެނީ އެފަދަ ވާހަކަތައް އާންމުކުރާ މީހުން ކަމަށެވެ.

މި ސަރުކާރު ވެރިކަން ކުރަން ފެށި ފަހުން ގާނޫނީ ނިޒާމު ފަސާދަވެއްޖެ ކަމަށާއި މުއިއްޒާ އެބޭފުޅާގެ ސަރުކާރު އަދި މަޖްލީހުންން މިއަދު ދައްކަމުން ގެންދަނީ ބޮޑާކަމާ ޖާހިލުކަން ކަމަށް ޑރ ޖަމީލް ސިފަކުރެއްވިއެވެ. އަދި ޑިމޮކްރަސީއާ ގާނޫނީ ނިޒާމަކީ އެބޭފުޅުންނަށް އޮތް ނުރައްކަލެއް ކަމަށްވެސް މި ޕޯސްޓްގައި ފާހަގަކޮށްފައިވެއެވެ.

ކޮމެންޓު
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved