April 27, 2026
Advertisement
.
. / މަޖިލިސް

މުއިއްޒުގެ ކެމްޕެއިނަށް 2 މިލިއަނަށްވުރެ ގިނައިން ޚަރަދުކުރި ޒާހިރުގެ އެކައުންޓުތަކުގައި 500 ރުފިޔާ ވެސް ނެތް!

Sep 6, 2025, 03:36 PM

މުއިއްޒުގެ ރިޔާސީ ކެމްޕޭނަށް ބޮޑު އަދަދަކުން ހަރަދުކުރި، ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެންބަރު އަހުމަދު ޒާހިރުގެ އެކައުންޓުގައި 500ރ. ވެސް ނެތްކަން ހާމަވެއްޖެއެވެ.

Advertisement

މިކަން ހާމަވެފައިވަނީ އޭނާ މަޖިލީހަށް ހުށަހެޅި މާލީ ބަޔާނުންނެވެ.

ޒާހިރުގެ މާލީ ބަޔާނުގައި، ބުނެފައިވާ ގޮތުން އެ މުއްދަތުގައި އޭނާއަށް އާމްދަނީގެ ގޮތުގައި ލިބިފައިވަނީ މަޖިލީހުން މުސާރަ އާއި އިނާޔަތުގެ ގޮތުގައި ލިބުނު 846،032ރ. އެވެ. ވިޔަފާރީގެ ގޮތުން، އަދި އެހެން ގޮތަކުން ވެސް އޭނާއަށް އިތުރު އާމްދަނީއެއް ލިބިފައިވާކަމެއް މާލީ ބަޔާނުގައި ބުނެފައި ނެތެވެ.

ނަމަވެސް މުއިއްޒުގެ ރިޔާސީ ކެމްޕޭނުގެ ހަރަދުތައް ހިމެނޭ، ކެންޑިޑޭޓުގެ މާލީ ބަޔާނުގައިވާ ގޮތުން މުއިއްޒުގެ ކެމްޕޭނަށް ވަކިވަކި ފަރުދުންގެ ފަރާތުން 9.7 މިލިއަން ރުފިޔާގެ ތަކެތި ކެމްޕޭނަށް ހަރަދުކުރި އިރު އޭގެ ތެރެއިން 2.5 މިލިއަން ރުފިޔާގެ ތަކެތި ހަރަދުކުރީ ޒާހިރު ކަމަށް ވެސް އެ ބަޔާނުގައި ބުނެފައިވެ އެވެ.

ޒާހިރުގެ މާލީ ބަޔާނުގައި ހިމަނާފައިވާ ބީއެމްއެލް އަދި އެމްއައިބީ އެކައުންޓުތަކުގައި ހުރީ އެންމެ 487ރ. އެވެ.

މި އަހަރުގެ ފެބްރުއަރީ މަހު އޭނާ އިސްލާމިކް ބޭންކު މެދުވެރިކޮށް 852،727ރ. ގެ ލޯނެއް ނެގި ނަމަވެސް އެ ފައިސާ ވެސް އޭނާގެ އެކައުންޓެއްގައި މިވަގުތު ނެތެވެ. ބީއެމްއެލްގެ ޑޮލަރު ކްރެޑިޓު ކާޑެއްގެ އިތުރުން އޭނާގެ ނަމުގައި ވިޔަފާރިއެއް، ބިމެއް އަދި އުޅަނދެއް ވެސް ނެތެވެ.

އެހެންކަމުން މުއިއްޒުގެ ކެމްޕެއިނަށް އޭނާ ހަރަދުކުރި ގޮތެއް ސާފެއް ނުވެއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved