June 7, 2026
Advertisement
-
- / ސޯޝަލް މީޑިއާ

ޖަޕާނުގަައި ނިޔާވި ފޮރިން މިނިސްޓްރީގެ މުވައްޒަފުގެ ޖަނާޒާ މިއަދު

Aiminath Sarah
އައިމިނަތް ސާރާ
Sep 6, 2025, 05:58 PM
މާލެ ސިޓީ

ޖަޕާނުގައި ނިޔާވި ފޮރިން މިނިސްޓްރީގެ އަންހެން މުވައްޒަފެއް ކަމަށްވާ ލުޖައިނާ ތަސްނީމާގެ ހަށިގަނޑު ރާއްޖެއަށް ގެނެސް ޖަނާޒާ މިއަދު މެންދުރު ހުޅުމާލެ ސަހަރާގައި ބޭއްވުމަށް ނިންމައިފިއެވެ.

Advertisement

ލުޖައިނާ ނިޔާވީ ސްކޮލާޝިޕެއްގެ ދަށުން ޖަޕާނުގެ ރިޓްސުމައިކަން ޔުނިވާސިޓީގައި މާސްޓާސް އޮފް އާޓްސް އިން އިންޓަނޭޝަނަލް ރިލޭޝަން ކޯސް ފުރިހަމަ ކުރުމަށް ފަހު ރާއްޖެ އައުމަށް ތައްޔާރުވަމުން ދަނިކޮށެވެ.

ލުޖައިނާ ނިޔާވެފައިވާ ކަން އެ ވުޒާރާއިން އިއުލާނު ކުރީ ނިމިދިޔަ އޮގަސްޓް މަހުގެ 21 ވަނަ ދުވަހެވެ.

ލުޖައިނާ ދިރިއުޅެމުންދިޔަ ކޮޓަރީގައި އޭނާ ނިޔާވެފައި އޮއްވާ ފެނުނުއިރު، އޭނާ ނިޔާވި ސަބަބެއް މިހާތަނަށް ހޯދިފައިނުވެއެވެ.

ކަށު ނަމާދު ފޭޖްގައި ވާގޮތުން ލުޖައިނާގެ މައްޗަަށް ކަށު ނަމާދުކުރުން މިއަދު މެންދުރު ނަމާދުގެ ފަހުގައި ހުޅުމާލެ ސަހަރާ މިސްކިތުގައި އޮންނާނެއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved