March 19, 2026
Advertisement
-
- / ފެނަކަ ކޯޕަރޭޝަން

ރޭ މެންދަމުން ފެށިގެން އައްޑޫ ސިޓީގައި ކަރަންޓެއް ނެތް: މެންބަރު ނިޒާރުގެ ނުރުހުން ފެނަކައަށް

Aiminath Zawjah
އައިމިނަތް ޒަޢުޖާ
Sep 6, 2025, 06:46 PM
މާލެ ސިޓީ

ރޭ މެންދަމުން ފެށިގެން އައްޑޫ ސިޓީގައި ކަރަންޓްގެ ޚިދުމަތްތައް ކެނޑިފައިވާ މައްސަލައިގައި ފޭދޫ އުތުރު ދާއިރާގެ ޕީއެންސީ މެންބަރު، އިސްމާއިލް ނިޒާރު ނުރުހުން ފާޅުކޮށްފި އެވެ.

Advertisement

އިސްމާއީލް ނިޒާރު ފޭސްބުކްގައި ކޮށްފައިވާ ޕޯސްޓެއްގައި ބުނެފައިވަނީ އައްޑޫ ކަރަންޓު މައްސަލަ ހައްލު ކުރަން ފެނަކައިގެ އިސްވެރިންނާ އެކި ގޮތްގޮތަށް ވަރަށް ވާހަކަދެއްކިފައިވާ ކަމަށާއި އަދި އެ މައްސަލަ ހައްލު ކުރާނެ ކަމަށް ބުނެ ތަފާތު އެކި ތާރީހުތައް ވެސް ދިން ކަމަށެވެ. ނަމަވެސް އެކަމަށް އަމަލީ އެއްވެސް ސިފައެއް ނާންނަ ކަމަށް ނިޒާރު ވަނީ ފާހަގަކޮށްފައެވެ.

ނިޒާރު އެފްބީ ގައި ކޮށްފައިވާ ޕޯސްޓް
ނިޒާރު އެފްބީ ގައި ކޮށްފައިވާ ޕޯސްޓް

މީގެ އިތުރުން، އައްޑޫ ރައްޔިތުން ކަރަންޓް ނެތި ކަނު އަނދިރީގައި ތިބެން ޖެހުމަކީ އެއްވެސް ގޮތަކަށް ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް ނިޒާރުވަނީ ސަރުކާރަށް ގޮވާލާފައެވެ.

އައްޑޫ ސިޓީގެ އިތުރުން، ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ކަރަންޓްގެ މައްސަލަ ގޯހުން ގޯހަށް ގޮސްފައިވާކަން ފާހަގަކުރެވެއެވެ. މިގޮތުން، މާލެއިން ވަރަށް ގިނައިން ކަރަންޓް ކެޑި އާންމުންނަށް ބޮޑެތި ތަކުލީފުތައް އުފުލަން ވަނީ ޖެހިފައެވެ.

މުއިއްޒުގެ ސަރުކާރުން ކަރަންޓުންވެސް ވައްކަން ކޮށް އާންމުންނަށް އެތަކެއް ދުއްތުރާތައް ކުރިމަތިކުރުވާ ރާއްޔިތުންނަށް މި ގައުމުގައި ނޫޅެވޭ ހިސާބަށް ކަންތައްތައް ކުރަމުންދާ ކަމަށް އާންމުންގެ އިތުރުން ސަރުކާރަށް ނިސްބަތްވާ މެންބަރުންވެސް އަންނަނީ ސަރުކާރާއި ދެކޮޅަށް ނުރުހުން ފާޅުކުރަމުންނެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved