theyra online
ހަބަރު
ސިޔާސީ
ވިޔަފާރި
ދުނިޔެ
ރިޕޯޓު
ވީޑިއޯ
ފޮޓޯ
Theme
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved
މަލީހު ނިއުސް ޓޯކް ޕްރޮގްރާމްގައި ވާހަކަ ދައްކަވަނީ / ތޭރަ އޮންލައިން
ސިޔާސީ
މަލީހު މުއިއްޒަށް: އާފަލެއްގެ އަގު 14 ރުފިޔާއަށް އެރީމަ ގެޔަށް ކަނޑާލާ!
06 ސެޕްޓެމްބަރު 2025

ތަކެތީގެ އަގު އުފުލުމުން ޕީއެންއެފްގެ ސެކެޓްރީ ޖެނެރަލް މުހައްމަދު މަލީހް ޖަމާލު މުއިއްޒުގެ އިސްތިއުފާއަށް ގޮވާލައްވައިފިއެވެ.

މަލީހް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވަނީ މުއިއްޒާއި އަދުރޭގެ ފޮޓޯއެއް ހިއްސާކުރައްވާފައެވެ.

އެ ޕޯސްޓުގައި މަލީހު ވިދާޅުވީ އާފަލެއްގެ އަގު 14 ރުފިޔާއަށް އުޅޭކަމަށެވެ. އެއީ ވަރަށް ބޮޑުވަރުކަމަށެވެ. ވެރިކަން ކުރަން ނޭނގޭތީ ރަނގަޅު ގޮތަކީ އިސްތިއުފާ ދެއްވާފައި ގެޔަށް ވަޑައިގަތުންކަމަށް މަލީހް ވިދާޅުވިއެވެ.

ޖޫން މަހާ އަޅާ ބަލާއިރު އޮގަސްޓު މަހު، ކާތަކެތީގެ އަގުތައް ވަނީ މަތިވެފައެވެ.

މާލޭގައި ޒަރޫރީ ތަކެތީގެ އަގުތަކަށް މިދިޔަ މަހު އައި ބަދަލުތަކާ ގުޅޭ ގޮތުން ސްޓެޓިސްޓިކްސް ބިއުރޯއިން އެކުލަވައިލައިފައިވާ އެސެންޝަލް ކޮމޯޑިޓީސް ޕްރައިޒް އިންޑެކްސްއިން ދައްކާ ގޮތުގައި، މިދިޔަ މަހު ޒަރޫރީ ތަކެތީގެ އަގުތައް ވަނީ އުފުލިފައެވެ.

އެގޮތުން، މި އަހަރުގެ ޖުލައި މަހުން އޮގަސްޓު މަހަށް، ޒަރޫރީ ތަކެތީގެ އަގު ވަނީ 1.19 ޕަސެންޓް އިތުރުވެފައެވެ. އަދި މިދިޔަ އަހަރުގެ އޮގަސްޓު މަހާ އަޅައިބަލާއިރު މިދިޔަ މަހު އަގުތައް ހުރީ 1.92 ޕަސެންޓް އުފުލިފައެވެ.

އޭގެ ތެރެއިން ކެއުމަށް ބޭނުން ކުރާ ތަކެއްޗަށް ބަލާއިރު، ޖުލައި މަހުން އޮގަސްޓު މަހަށް އަގުތައް ވަނީ 1.62 ޕަސެންޓް އިތުރުވެފައެވެ. އަދި މިދިޔަ އަހަރުގެ އޮގަސްޓު މަހާ އަޅައިބަލާއިރު ފަރަގު ވަނީ ބޮޑުވެފައެވެ. އެގޮތުން މިދިޔަ އަހަރުގެ އޮގަސްޓު މަހާ އަޅައިބަލާއިރު މި އަހަރުގެ އޮގަސްޓު މަހު އެ އަގުތައް ވަނީ ދެ ޕަސެންޓް އިތުރުވެފައެވެ.

ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި އެންމެ ބޮޑަށް އުފުލިފައިވަނީ މޭވާގެ އަގެވެ. އެގޮތުން މަހުން މަހަށް 6.13 ޕަސެންޓުގެ އިތުރުވުމެއް އައިއިރު، މިދިޔަ އަހަރާ އަޅައިބަލާއިރު 10.2 ޕަސެންޓުގެ އިތުރުވުމެއް ދައްކައެވެ.

ހަމަ އެހެންމެ ތަރުކާރީގެ އަގަށް ބަލާއިރު، މިދިޔަ ޖުލައި މަހުން އޮގަސްޓު މަހަށް 2.23 ޕަސެންޓަށް އަގުތައް އުފުލުނެވެ. ނަމަވެސް މިދިޔަ އަހަރުގެ މި މުއްދަތާ އަޅައިބަލާއިރު، މިދިޔަ މަހު ތަރުކާރީގެ އަގު ވަނީ 6.32 ޕަސެންޓް ދަށްވެފައެވެ.

ކޮމެންޓު
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved