March 21, 2026
Advertisement
ޕީިިިިިިިިިިިިީީީީީީީއެންއެފް ޖަލްސާގައި ރައީސް ޔާމީން
ޕީިިިިިިިިިިިިީީީީީީީއެންއެފް ޖަލްސާގައި ރައީސް ޔާމީން / ޝަފްރާޒް | ތޭރަ އިމޭޖްސް

ރައީސް ޔާމީންގެ ޕާޓީ އުފެއްދުމަށް 3000 ފޯމު ހުށަހަޅައިފި

Mariyam Isaadha
މަރިޔަމް އިސާދާ
Feb 27, 2024, 06:46 PM
މާލެ ސިޓީ

ރައީސް އަބްދުﷲ ޔާމީން އަލަށް އުފައްދަވާ ޕާޓީ. ޕީޕަލްސް ނޭޝަނަލް ފްރޮންޓު (ޕީއެންއެފް) އުފައްދަން ހުށަހަޅަން ޖެހޭ 3000 ފޯމު އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅައިފިއެވެ.

Advertisement

އެ ޕާޓީގެ ފަރާތުން މިމައުލޫމާތު ހިއްސާކޮށްފައިވަނީ އެ ޕާޓީ އުފެއްދުވެމުގައި އިސްކޮށް ހަރަކާތްތެރިވާ މުހައްމަދު މަލީހު ޖަަމާލުއެވެ.

މަލީހު އޭނާގެ އެކްސް ހެންޑްލްގައި ކުރި ޕޯސްޓެއްގައި ހާމަކޮށްފައިވާ ގޮތުގައި ޕީއެންއެފް އުފެއްދުމަށް 3000 ފޯމު މިހާރު ވާނީ އީސީއަށް ހުށަހަޅާފައި ކަމަށާ އުއްމީދަކީ ވީހާވެސް އަވަހަކަށް ޕާޓީ އުފެއްދުމަށް ބާއްވަން ޖެހޭ ޖަލްސާ ބޭއްވުމުގެ ހުއްދަ އީސީއިން ދިނުން ކަމަށެވެ.

މިކަމާ ގުޅިގެން އީސގެ ބަހެއް ހޯދާލަން އެ ކޮމިޝަންގެ ނައިބު ރައީސް އިސްމާއިލް ހަބީބަށް ގުޅާލުމުން ވިދާޅުވީ، 3000 ފޯމު ލިބިފައިވާ ކަމަށާ ފޯމުތަކުގެ ސައްހަކަން ކަށަވަރުކުރުމުގެ މަސައްކަތްކުރަމުން ގެންދަވާ ކަމަށެވެ.

ދުވަސްވަރަކީ މަޖިލިސް އިންތިހާބަށް ތައްޔާރަުރުވުމަށް ވެސް ބުރަ އަދި ގިނަ މަސައްކަތްތަކެއް ކުރަމުން ދާ ދުވަސްވަރެއްކަން ފާހަގަކުރައްވަމުން ހަބީބު ވިދާޅުވީ، ނަމަވެސް 3000 މެމްބަރުންގެ ސައްހަކަން ކަށަވަރު ވީ އެންމެ އަވަހަކަށް ޕާޓީ އުފެއްދުމަށް ބޭނުންވާ ޖަލްސާ ބާއްވަން އީސީއިން ހުއްދަ ދެއްވާނެ ކަމަށެވެ.

ރައީސް ޔާމީންގެ ޕާޓީ އުފެއްދުމަށް 8 މުއައްސިސުން އެމަނިކުފާނު ކަނޑައަޅުއްވާފައިވީ ނަމަވެސް އީސީ ގަވާއިދުގައިވާ ގޮތުން ޕާޓީއެއް އުފެއްދުމަށް ހުށަހެޅޭނީ އެންމެ މުއައްސިސެއްގެ ނަމުގައި ކަމަށްވުމުން، ހުރިހާ ބޭފުޅުންގެ މެދުގައި ކުރެވުނު މަޝްވަރާއަށް ފަހު ނިންމާފައިވަނީ ރައީސް ޔާމީންގެ ދޮށީ ދަރިކަލުން ޒޭން އަބްދުﷲ ޔާމީންގެ ނަންފުޅުގައި އެ ޕާޓީ އުފެއްދުމަށެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved