March 17, 2026
Advertisement
ބައެއް ސަރަހައްދުތަކަށް ކެރީގެ އަސަރު ފޯރި ނަމަވެސް މޫސުން ރަގަޅު: މެޓު އޮފީސް
ބައެއް ސަރަހައްދުތަކަށް ކެރީގެ އަސަރު ފޯރި ނަމަވެސް މޫސުން ރަގަޅު: މެޓު އޮފީސް / ސޯޝަލް މީޑިއާ

ބައެއް ސަރަަހައްދުތަކަށް ކެރީގެ އަސަރު ފޯރާނެ، އާންމު ގޮތެއްގައި މޫސުން ރަގަޅު: މެޓު އޮފީސް

Mariyam Isaadha
މަރިޔަމް އިސާދާ
Sep 6, 2025, 09:14 PM
މާލެ ސިޓީ

ރާއްޖޭގެ ބައެއް ސަރަހައްދުތަކަށް ކެރީގެ އަސަރު ފޯރި ނަމަވެސް ޖުމްލަ ގޮތެއްގައި މުޅި ރާއްޖެއަށް މޫސުން ރަގަޅު ވާނެ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާ މެޓު އޮފީހުން ހާމަކޮށްފިއެވެ.

Advertisement

މިދިޔަ ހަފްތާގައި ރާއްޖޭގެ އެކި ހިސާބުތަކަށް ކުރަން ފެށި މޫސުމީ ވިއްސާރައިގެ ތެރެއިން ބައެއް ސަރަހައްދުތަަކަށް އަދިވެސް ވިއްސާރަ މުޅިން އަލި ނުވާއިރު އެކަމާ ގުޅިގެން މައުލޫމާތު ދެއްވަމުން މެޓު އޮފީހުގެ އޮފިޝަލް ވިދާޅުވެފައިވަނީ، ވައިޖެހޭނެ ކަމަށް ލަފާކުރެވެނީ ހުޅަނގާއި ހުޅަނގުއުތުރުން، ގަޑިއަކު 8 މޭލާއި 18 މޭލާ ދެމެދުގެ ބާރުމިނުގައި ކަމަށާ މޫސުން ރަނގަޅުވީ ނަމަވެސް ރާއްޖޭގެ ކަނޑުތައް އާދައިގެ ވަރަކަށް ގަދަވާނެ ކަމަށެވެ.

މީގެ އިތުރުން ބުރާސްފަތި ދުވަހުން ފެށިގެން އެކި ހިސާބުތަކަށް ވިއްސާރަ އަލިކުރަން ފަށާފައިވާއިރު ބައެއް ސަރަހައްދުތަކަށް އަދިވެސް ވިއްސާރައިގެ އަސަރު ކޮންމެވެސް ވަރަކަށް ކޮށްފާނެ ކަމަށާ ނަމަވެސް ޖުމްލަ ގޮތެއްގައި މުޅި ރާއްޖެއަށް މޫސުން ރަގަޅު ވާނެ ކަމަށެވެ.

މެޓުން މިފަދައިން ހާމަކޮށްފައިވާއިރު، މިހާރު ނިމިގެންދާ ފުރަ ނަކަތް އޮގަސްޓްމަހުގެ 24 ވަނަ ދުވަހުން ފެށިގެން ސެޕްޓެމްބަރުމަހުގެ 6 ވަނަ ދުވަހުގެ ނިޔަލަށް ދެމިގެންދާނެއެވެ. މި ނަކަތުގައި ދޭތެރެ ދޭތެރެއިން ވިއްސާރަކުރާނެއެވެ. މި ނަކަތާއެކު ހުޅަނގު މޫސުމުގެ އެންމެ ގަދަ ދުވަސްތައް ނިމުމަކަށް އަންނާނެއެވެ.

ވައިޖެހޭނީ ޢާންމުކޮށް ހުޅަނގު އިތުރުންނެވެ. ވައިގެ ބާރުމިން ހުންނާނީ އެވްރެޖްކޮށް ގަޑިއަކު 18.52 ކިލޯމީޓަރު ބާރުމިނުގައެވެ.

ކުރިއަށް އޮތް 24 ގަޑިއިރު ރާއްޖޭގެ މޫސުން ލަފާކުރާ ގޮތަށް ބަލާއިރު، މަދު ރަށްތަކަށް ކެރީގެ އަސަރުފޯރިނަމަވެސް މޫސުން އާއްމުގޮތެއްގައި ރަނގަޅުވާނެއެވެ.

ހުޅަނގާއި ހުޅަނގުއުތުރުން، ގަޑިއަކު 8 މޭލާއި 18 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެކަމަށް ލަފާކުރެވޭއިރު ކަނޑުތައް އާދައިގެ ވަރަކަށް ގަދަވާނެއެވެ. ރާޅުގެ އުސްމިން ހުންނާނެ ކަމަށް ލަފާކުރަނީ 3 - 5 ފޫޓާ ދެމެދުގައެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved