theyra online
ހަބަރު
ސިޔާސީ
ވިޔަފާރި
ދުނިޔެ
ރިޕޯޓު
ވީޑިއޯ
ފޮޓޯ
Theme
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved
ނާޒިމް ހުރި ހިސާބުންވެސް ރައީސް ޔާމީންގެ ޝަރީއަތަށް ފޯރުވި ނުފުޒު ހާމަވޭ: ޑރ ޖަމީލު / މަޖިލިސް
ސިޔާސީ
ނާޒިމް މިއަދު ހުރި ހިސާބުން ރައީސް ޔާމީންގެ ޝަރިއަތަށް ނުފޫޒު ފޯރުވި މިންވަރު ހާމަވޭ: ޑރ ޖަމީލު
Mariyam Isaadha
މަރިޔަމް އިސާދާ
06 ސެޕްޓެމްބަރު 2025
މާލެ ސިޓީ

ރައީސް އަބްދުﷲ ޔާމީންއާ ދެކޮޅަށް ހެކި ބަސް ދިން އެއް ހެކި ވެރިއެއް ކަމަށްވާ އަހުމަދު ނާޒިމް މިއަދު ރައީސް ޑރ މުހައްމަދު މުއިއްޒުގެ ސަރުކާރުގައި ހުރި ހިސާބަށް ބަލާލުމުންވެސް ރައީސް މުއިއްޒަު ރައީސް ޔާމީންގެ ޝަރީއަތަށް ނުފޫޒު ފޯރުވި މިންވަރު ހާމަވާ ކަމަށް ރައީސް ޔާމީންގެ އިސް ގާނޫނީ ވަކީލު އަދި ކުރީގެ ނައިބު ރައީސް ޑރ މުހައްމަދު ޖަމީލު އަހުމަދު ވިދާޅުވެއްޖެއެވެ.

ޑރ ޖަމީލު މިފަދައިން ވިދާޅުވީ، "ރައީސް ޔާމީނަށް 2023 ގެ އިންތިޚާބުގައި ވާދަކުރިޔަ ނުދިނީ މުއިއްޒު އަޑީގަ ހުރެގެން" މި މައުޟޫގެ ދަށުން ލިޔެފައިވާ ލިޔުމެއް ހިއްސާކުރައްވާ އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.

އެގޮތުން ޑރ ޖަމީލު ވިދާޅުވީ، އެ މައުޟޫގެ ދަށުން ލިޔެފައިވާ ލިޔުމަކީ ޝައްކެތް ނެތް މިންވަރެއްގައި އޭގައި ތެދު ހަގީގަތް ހިމެނޭ ލިޔުމެއް ކަމަށެވެ.

އެގޮތުން ރައީސް ޔާމީނުގެ ޝަރީޢަތުގައި ދައުލަތުގެ ފަރާތުން އެމަނިކުފާނާ ދެކޮޅަށް ހެކިދިން އެއް ހެއްކަކީ މަޖިލިހުގެ ނާއިބު ރައީސްކަމަށާ މިއަދު ނާޒިމު ހުރިތަނާ ސަރުކާރުގެ ތެރޭގައި އަދާ ކުރާ ދައުރުން އެކަނިވެސް ރައީސް މުއިއްޒުގެ ޙަގީގަތް ސާބިތުވޭވާ ކަމަށް ވެސް ޑރ ޖަމީލު ވިދާޅުވިއެވެ. ރައީސް މުއިއްޒުގެ މުޅިފަތި ފުށުން ފެންނަން އޮތީ ހުސް ޚިޔާނާތް ކަމަށް ވިދާޅުވެ ޑރ ޖަމީލު ވަނީ ވަރަށް ބޮޑަށް ނުރުހުން އަމާޒުކުރައްވާފައެވެ.

ޑރ ޖަމީލު މިފަދައިން ވިދާޅުވެފައިވާއިރު ރައީސް ޔާމީންގެ މައްޗަށް އެމްޑީޕީ ސަރުކާރުން އުފުލީ ސިޔާސީ ދައުވާތަކެއް ކަމަށް ވިދާޅުވުމަށް ފަހު ވެރިކަމަށް ވަޑައިގެން ރައީސް މުއިއްޒު ގެންދަވަނީ އެމަނިކުފާނުގެ ސަރުކާރުގައިވެސް ރައީސް ޔާމީންގެ މައްސަލަތައް ކުރިއަށް ގެންދަވަމުންކަން ފާހަގަކޮށްލެވެއެވެ. އަދި ރައީސް ޔާމީން އެމަނިކުފާނުގެ މައްސަލަ ރިވިއުއަށް ހުށަހެޅުމުން އެމަނިކުފާނުގެ މައްސަލަ ރިވިއު ނުކޮށް ވަނީ ބޭރުކޮށްލާފައިކަންވެސް ފާހަގަކޮށްލެވެއެވެ.

ކޮމެންޓު
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved