April 27, 2026
Advertisement
ޕީއެންއެފް އެސްޖީ- މަލީހު ޖަމާލު
ޕީއެންއެފް އެސްޖީ- މަލީހު ޖަމާލު / ތޭރަ އޮންލައިން

ފެންނަނީ ފެއިލް ވެފައިވާ ދައުލަތެއްގެ ނިޝާންތައް: މަލީހް

Aiminath Zawjah
އައިމިނަތް ޒަޢުޖާ
Sep 6, 2025, 11:12 PM
މާލެ ސިޓީ

ދިވެހި ގައުމުން މިހާރު ފެންނަމުން ދަނީ ފެއިލް ވެފައިވާ ދައުލަތެއްގެ ނިޝާންތައް ކަމަށް ޕީއެންއެފްގެ ސެކްރެޓަރީ ޖެނެރަލް މުހައްމަދު މަލީހް ޖަމާލް ވިދާޅުވެއްޖެއެވެ.

Advertisement

މި ގައުމުގައި ރަނގަޅަށް ކުރިއަށް ގެންދާ އެއްވެސް ކަމެއް ނެތް ކަމަށާއި ސަރުކާރުން ދައްކާ އަމަލަށްވުރެ ބަސް ގިނަ ކަމަށް ވިދާޅުވެ މަލީހް ވަނީ އެކްސްގައި ޕޯސްޓު ކުރައްވާ ސަރުކާރަށް ފާޑުވިދާޅުވެފައެވެ.

ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ކަރަންޓް ކެޑުމުގެ މައްސަލައަށް ފާޑުވިދާޅުވެ މަލީހް ކުރެއްވި ޕޯސްޓްގައި ވިދާޅުވީ ހުރިހާ ގޮތަކުން މުއިއްޒުގެ ވެރިކަން ފެއިލް ވެފައިވާ ކަމަށާއި ރައްޔިތުންގެ އެންމެ ބޮޑު އެދުމަކީ މުއިއްޒު އިސްތިއުފާ ދިނުން ކަމުގައެވެ.

-
-

މީގެ އިތުރުން، ބާޒާރުގައި މޭވާއާއި ތަރުކާރީ ހިމެނޭހެން ތަކެތީގެ އަގު އިންތިހާއަށް އުފުލިފައިވާކަން ފާހަގަކުރައްވާ މަލީހް ވިދާޅުވީ އަސާސީ މުދަލުގެ އަގު މައްޗަށް އަރައި ރައްޔިތުން ހުރިހާ ގޮތަކުން ހާލުގައި ޖެހެމުން އަންނަ ކަމަށެވެ.

ކަރަންޓް ބިލު މަހަކަށްވުރެ މަހެއް ބޮޑުވެ، ކަރަންޓް ކެޑުމުގެ މައްސަލައިގައި ބޭނުންކުރާ އިލެކްޓްރޯނިކް ސާމާނުތައް ހަލާކުވެ، އަސާސީ ޒަރޫރީ ތަކެތި ގަންނަން ގައުމުގެ ރައްޔިތުން ނުކުޅެދި ގައުމުގެ ރައީސްގެ އިސްތިއުފާއަށް ގޮވާނީ ސަރުކާރު ހުރިހާ ގޮތަކުން ފެއިލް ވުމުން ކަމަށް މަލީހް ވަނީ ސިފަކޮށްފައެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved