April 27, 2026
Advertisement
-
- / ސޯޝަލް މީޑިއާ

ފަހުމީ ސްޓެލްކޯގެ އެމްޑީ ކަމުން މިނިސްޓަރު ފެންވަރުގެ މަގާމަކަށް!

Aiminath Zawjah
އައިމިނަތް ޒަޢުޖާ
Sep 8, 2025, 09:46 PM
މާލެ ސިޓީ

ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރުކަމުގަ މަގާމުން އިއްޔެ ވަކިކުރި ހުސައިން ފަހުމީ މަގާމުން ވަކި ކުރިތާ 24 ގަޑި އިރު ނުވަނީސް ރައީސް އޮފީހުގެ ޕްރިންސިޕަލް ސެކްރެޓަރީ އޮން ޕޮލިސީ އެންޑް މެނިފެސްޓޯގެ މަގާމަށް އައްޔަނުކޮށްފިއެވެ.

Advertisement

ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރުކަމުން ފަހުމީ ވަކިކުރި ސަބަބު ހާމަކުރުމުގެ ކުރިން މިފަދަ މަތީ މަގާމެއް ފަހުމީއަށް ދިނުމުން ގިނަ ބަޔެއްގެ ފާޑުކިޔުން މުއިއްޒަށް ވަނީ އަމާޒުވެފައެވެ.

ސްޓެލްކޯގައި 27 އަހަރު ފަހުމީ މަސައްކަތްކޮށްފައިވާއިރު މި ސަރުކާރު ވެރިކަމާއި ހަވާލުވި ފަހުން ކަރަންޓް ކެނޑުމުގެ މައްސަލަ އާންމުވެ ފަހުމީއަށް ވެސް ރައްޔިތުންގެ ނުރުހުމާއި ފާޑުކިޔުންތައް އޮތީ އަމާޒުވެފައެވެ.

ފަހުމީ މިހާރު އައްޔަނު ކޮށްފައިވާ މަގާމް ކަމަށްވާ ރައީސް އޮފީހުގެ ޕްރިންސިޕަލް ސެކްރެޓަރީން މި ވެރިކަމުގައި އައްޔަން ކުރަނީ މިނިސްޓަރުން ފެންވަރުގަ އެވެ.

ރައްޔިތުން ގަބޫލުކުރާ ގޮތުގައި މިއީ ކަރަންޓް ކެނޑުމުގެ މައްސަލަތަކުގައި ރައްޔިތުން ސަރުކާރަށް ނުރުހުން ފާޅުކުރަމުންދާތީ ރައްޔިތުންގެ ޝަކުވާތަކާއި ފާޑުކިޔުންތައް ހުއްޓުމަކަށް ގެނައުމަށް މުއިއްޒު ނިންމެވި ނިންމެވުމެކެވެ.

މި މައްސަލައަށް ހައްލު ހޯއްދަވާދެއްވުމުގެ ބަދަލުގައި މުއިއްޒު އުޅުއްވަނީ އޭނާގެ ކައިރީގައި ތިއްބަވާ ބޭފުޅުން ރުއްސުމަށް މިފަދަ ބޭކާރު މަގާމުތައް ނާގާބިލު ފަރާތްތަކަށް ދީ ދައުލަތުގެ ފައިސާ އިސްރާފުކުރުއްވުމުގައެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved