March 17, 2026
Advertisement
ޑރ. އިޔާޒް
ޑރ. އިޔާޒް / ހުރިހާ.އެމްވީ

ޑރ އިޔާޒުގެ ނުރުހުން ސަރުކާރަށް: މި ސަރުކާރަކީ ދިވެހި ރައްޔިތުންނަށް ފާކުރައްވާފައި އޮތް ކޮވިޑެއް

Aiminath Zawjah
އައިމިނަތް ޒަޢުޖާ
Sep 8, 2025, 10:05 PM
މާލެ ސިޓީ

މި ސަރުކާރަކީ ދިވެހި ރައްޔިތުންނަށް ފާކުރައްވާފައި އޮތް ކޮވިޑެއްގެ ގޮތުގައި ރާއްޖޭގެ ދީނީ އިލްމުވެރިޔާ ޑރ މުހައްމަދު އިޔާޒު ސިފަކޮށްފިއެވެ.

Advertisement

ނިމިދިޔަ ސަރުކާރުގެ ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރުގެ ޕޯސްޓެއް ޝެއަރ ކުރައްވާ ޑރ އިޔާޒު ވަނީ ވެރިކަން ހިންގަން ނޭގޭ ކަން މި ސަރުކާރުން މިހާރު ގަބޫލުކުރަންޖެހޭ ކަމަށް ބުނެފައެވެ.

ގައުމުގެ އިގްތިސާދީ ހާލަތުން އަރައިގަނެ ގައުމު އާރާސްތުކުރައްވާނެ ކަމަށް މުއިއްޒު ވައުދުވެފައިވާއިރު މިހާރު ފެނިގެންދަނީ ކުރިއަށް ދާނެ ގޮތެއްނެތި، މުޅި ސަރުކާރު ގަބުވެފައިވާ މަންޒަރު ކަމަށް އިޔާޒުވަނީ ސިފަކޮށްފައެވެ.

ޑރ އިޔާޒު ކުރިން މި ސަރުކާރަށް ތާއީދުކުރި ފަރާތެއްގެ ގޮތުގައި ފާހަގަވެފައިވީނަމަވެސް ސަރުކާރުގެ ދޯހަޅި ސިޔާސަތުތަކުގެ ސަބަބުންނާއި ސަރުކާރުގެ ތެރެއިން ހިންގަމުން އަންނަ ޚުދުމުހުތާރު ކަންކަމުގެ ސަބަބުން މިވަނީ ބޮޑެތި ފާޑުކިޔުންތައް އަމާޒުކޮށްފައެވެ.

ހިތާމައަކީ ތިމާއަށް ވެރިކަން ކުރަން ނޭގޭ ކަން، ނުވަތަ އެފަދަ ގާބިލުކަމެއް ނެތް ކަން އަމިއްލަފުޅަށް މުއިއްޒު ގަބޫލުނުކުރުން ކަމަށް ޑރ އިޔާޒުގެ ޕޯސްޓްގައި ވަނީ ބުނެފައެވެ.

މިއާއިއެކު ދެން ވެރިކަމަށް ވަޑައިގަންނަވާ ބޭފުޅުން ގައުމު ހިންގަން ފަށަން ޖެހޭނީ 2020 ގެ އާލަމީ ކޮވިޑަށްވުރެވެސް ފަހަތުން ކަމަށް ބުނެ އިޔާޒުވަނީ ސަރުކާރަށް ނުރުހުން އަމާޒުކޮށްފައެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved