
ޑޮލަރު ރޭޓް 20ރ އިން ތިރިޔަށް ނުގެނެވުނު ބަޔަކަށް 20 އަހަރުގެ މާސްޓަ ޕްލޭނެއް އެކުލަވާލާާކަށް ނޭގޭނެ ކަމަށް ޕީއެންއެފްގެ ސެކްރަޓަރީ ޖެނެރަލް މުހައްމަދު މަލީހް ޖަމާލް ވިދާޅުވެއްޖެއެވެ.
ރާއްޖޭގެ 20 އަހަރުގެ ތަރައްގީގެ މާސްޓަ ޕްލޭން އަންނަ އަހަރުގެ ކުރީކޮޅު ލޯންޗުކުރާނެ ކަމަށާއި އެކަމުގެ މަސައްކަތަށް ބައިނަލްއަގުވާމީ ތަޖުރިބާކާރުންގެ ޓީމެއް ވެސް ވަރަށް އަވަހަށް ރާއްޖެ އަންނާނެ ކަމަށް، "ވިލުންތެރި ރާއްޖެ" ޓީމުން ހާމަކުރުމުން އެކަމަށް ފާޑުވިދާޅުވިދާޅުވެ މަލީހް ވިދާޅުވީ މި ސަރުކާރަށް ގައުމުގެ އިގްތިސޯދު ހަމައަކަށް އަޅުވަން ނޭގުނު ކަމަށެވެ.
މުއިއްޒުގެ ރިޔާސީ ވައުދުފުޅެއް ކަމަށްވާ 20 އަހަރުގެ ތަރައްގީގެ ގައުމީ މާސްޓަ ޕްލޭން އެކުލަވާލުމުގެ މަސައްކަތް ފަށަން ކެބިނެޓުން ނިންމިތާ އަހަރެއް ވާން ކައިރިވެފައިވާއިރު މި ޕްލޭނަށް އާއްމުންގެ ހިޔާލު ހޯދުމުގެ މަސައްކަތްތަކަށް ނެކްސިއާ މޯލްޑިވްސް (ކޮންސަލްޓެންސީ ފާމް) އިން ރަށްރަށަށް ދަތުރުކުރަން ފަށާފައިވަނީ އިއްޔެއެވެ.
މީގެ އިތުރުން، 2045 ވަނަ އަހަރުގެ ވާހަކަ ނުދައްކާ ކުރިޔަށް އޮތް ދެއަހަރު ޤައުމަށް ކޮށްދެވޭނީ ކޮންކަމެއްތޯ ބެއްލެވުމަށް މަލީހް ވަނީ މުއިއްޒަަށް ގޮވާލާފައެވެ.
މިއާއި އެކު އެބަޔެއްގެ ހަރު ކޮންނަން ވާނީ ސައިޒުން ކަމަށް ވިދާޅުވެ މަލީހް ވަނީ އެކްސް ޕޯސްޓްގައި މުއިއްޒަށް ވަރުގަދަ ފާޑުކިޔުންތައް އަމާޒުކުރައްވާފައެވެ.










