theyra online
ހަބަރު
ސިޔާސީ
ވިޔަފާރި
ދުނިޔެ
ރިޕޯޓު
ވީޑިއޯ
ފޮޓޯ
Theme
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved
އަމިއްލަފުޅަށް ކުރައްވާ ބޭކާރު ޚަރަދުތައް ކުޑަނުކުރައްވާ، ރައީސް މުއިއްޒުގެ ވިސްނުންފުޅު ހުރީ އެހެން މީހުންނަށް ލިބޭ އެއްޗެއް ބަންދުކުރުމަށް! / ރައީސް އޮފިސް
ހަބަރު
އަމިއްލަފުޅަށް ކުރައްވާ ބޭކާރު ޚަރަދުތައް ކުޑަނުކުރައްވާ، ރައީސް މުއިއްޒުގެ ވިސްނުންފުޅު ހުރީ އެހެން މީހުންނަށް ލިބޭ އެއްޗެއް ބަންދުކުރުމަށް!
08 ސެޕްޓެމްބަރު 2025
މާލެ ސިޓީ

އަމިއްލަފުޅަށް ކުރައްވާ ބޭކާރު ޚަރަދުތައް ކުޑަނުކުރައްވާ، ރައީސް ޑރ މުހައްމަދު މުއިއްޒުގެ ވިސްނުންފުޅު ހުރީ އެހެން މީހުންނަށް ލިބޭ އެއްޗެއް ބަންދުކުރުމަށްކަން ހާމަވެއްޖެއެވެ.

އެކަން ހާމަވެފައިވަނީ، ޕީއެންސީގެ ވަޓްސްއެޕް ގްރޫޕަކަށް ފޮނުވި މެސެޖެއްގައި އެމަނިކުފާނު ވިދާޅުވެފައިވާ ވިދާޅުވުމަކުންނެވެ. އެގޮތުން އެމަނިކުފާނު އެ ގްރޫޕަށް ފޮނުއްވި މެސެޖެއްގައި ވިދާޅުވެފައިވާ ކަމަށް ރިޕޯޓުކޮށް ރާއްޖޭގެ ބައެއް މީޑިޔާތަކުގައި ޝާއިއު ކުރި ކަބަރުތަކުގައި ބުނެފައިވާ ގޮތުގައި، މަޖިލިސް މެންބަރުކަން ކޮށްފައި ތިއްބަވާ ކުރީގެ އެމްޕީންނަށް މިހާރު ގާނޫނުން ދޭ ފައިސާގެ އަދަދު މަދުކުރުމަށާ އަދި ކުރީގެ ރައީސުންނަށް ދޭ އަދަދު މަދުކުރަންވެސް އެމަނިކުފާނަށް ފެންނަ ކަމަށް ރައީސް މުއިއްޒު ވިދާޅުވެފައިވެއެވެ.

އެކަން ކުރައްވަން އެމަނިކުފާނަށް ފެންނަ ކަމަށް ވިދާޅުވީ ރައްޔިތުން އެދޭ ގޮތް ކަމަށް ވިދާޅުވުމަށް ފަހު ކަމަށްވެސްވެއެވެ. އަދި ރައްޔިތުންގެ ޚަދިމުން ރައްޔިތުންގެ އަޑު އަހަން ޖެހޭނެ ކަމަށްވެސް ރައީސް މުއިއްޒު ވިދާޅުވެފައިވާކަމަށްވެސް ވެއެވެ.

ރައީސް މުއިއްޒުގެ އެ ހުށަހެޅުމަށް ގިނަ މެންބަރުން ވަނީ ތާއީދުކޮށްފަ އެވެ. ބައެއް މެންބަރުން ވަނީ ޑަބަލް ޕެންޝަން ލިބޭ މައްސަލަ ވެސް ހައްލުކުރަންޖެހޭ ކަމަށް ވިދާޅުވެފައިވާ ކަމަށްވެސް ވެއެވެ. ހަމައެހެންމެ މެންބަރުންގެ އިނާޔަތް ކުޑަކުރުމުން ކުރިއަށް އޮތް އިންތިހާބުތަކުގައި ޕީއެންސީއަށް ގެއްލުން ލިބުމުގެ ފުރުސަތު އޮތް ކަމަށް ވެސް ބައެއް މެންބަރުން ވިދާޅުވެފައިވާ ކަމަށްވެސް ވެއެވެ.

މިފަދަ ވާހަކަތަކެއް ތިލަވެފައި މިވަނީ، މިހާރުގެ މަޖިލިސް މެމްބަރުން ރައްޔިތުންގެ ޓެކްސް ފައިސާ ބޭކާރު ގޮތުގައި ޚަރަދުކޮށް ވީއައިޕީ ސާވިސް ފަދަ ޚިދުމަތްތައް މާގިނައިން ބޭނުންކުރާތީ މީޑިޔާގައި އެވާހަކަތައް ތިލަކޮށްފައިވާ ދަނޑިވަޅެއްގައެވެ.

މަޖިލީހުގެ މެންބަރުންނަށް އިނާޔަތާއި ހެލްތު އިންޝޫރެންސް ލިބެނީ 2013 ވަނަ އަހަރު ފާސްކުރި އިމްތިޔާޒުގެ ގާނޫނުގެ ދަށުންނެވެ. އެ ގާނޫނުގެ 8 ވަނަ މާއްދާގެ ޅ. ގައި ބުނަނީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް އޮންނަ ފަދަ ހެލްތު އިންޝޫރެންސް ސްކީމެއްގެ ދަށުން ބޭސްފަރުވާ ކޮށްދޭންވާނެ ކަމަށެވެ.

މެމްބަރުން މާލީ އިނާޔަތަށް ކޮލިފައި ވަނީ މެންބަރުކަމުން ވަކިވުމަށް ފަހު އަދި 55 އަހަރު ފުރުމުންނެވެ. އެއް ދައުރު ފުރިހަމަކުރި މެންބަރުންނަށް މުސާރައިގެ 30 ޕަސެންޓު އަދި ދެ ދައުރު ފުރިހަމަކުރި މެންބަރުންނަށް މުސާރައިގެ 45 ޕަސެންޓު ދެ އެވެ. މުސާރައިގެ 30 ޕަސެންޓަރީ 12،750ރ. އެވެ. 45 ޕަސެންޓަކީ 19،125ރ. އެވެ.

ދައުލަތުގެ ވަޒީފާއެއް އަދާކުރާނަމަ އިނާޔަތް އޮންނަނީ ނުލިބޭ ގޮތަށެވެ. އެ އިނާޔަތް ލިބޭނަމަ އެހެން ޕެންޝަނެއް ނުލިބޭނެ ކަމަށް ގާނޫނު ބަޔާންކުރެ އެވެ. އޭގެ އިތުރުން ހެލްތު އިންޝުއަރެންސާއި އޮފިޝަލް ޕާސްޕޯޓެއް ވެސް ކުރީގެ މެންބަރުންނަށް ލިބެ އެވެ.

ރައީސުލްޖުމްހޫރިއްޔާކަން ކޮށްފައިވާ މީހުންނަށް ދައުލަތުން އިނާޔަތް ދެނީ 2009 ވަނަ އަހަރު ފާސްކުރި "ރައީސުލްޖުމްހޫރިއްޔާކަން ކޮށްފައިވާ މީހަކަށް ދޭންޖެހޭ ރައްކާތެރިކަމާއި އިނާޔަތްތަކާ ބެހޭ ޤާނޫނު" ގެ ދަށުންނެވެ.

އެ ގާނޫނުގައި ބުނާ ގޮތުން އެއް ދައުރު އަދާކުރި މީހަކަށް މަހަކު 50،000ރ. އަދި ދެ ދައުރު އަދާކުރި މީހަކަށް 75،000ރ. ގެ މާލީ އިނާޔަތެއް ދޭން ޖެހެ އެވެ. އެ މީހަކު މަރުވެއްޖެނަމަ، އެ މީހާގެ އަނބިމީހާއަށް، އޭނާ އެހެން ކައިވެންޏެއް ކުރަންދެން ނުވަތަ އޭނާ ދުނިޔޭގައި ހުރިހާ ދުވަހަކު އެ އިނާޔަތް ދޭން ޖެހެ އެވެ.

ދިރިއުޅޭނެ ތަނެއް ހަމަޖެއްސުމަށް 50،000ރ. ގެ އިނާޔަތެއް މަހެއްގެ މައްޗަށް ދޭއިރު ދަތުރުފަތުރުގެ ހަރަދު ވެސް ދައުލަތުން ހަމަޖައްސައިދެ އެވެ. ރާއްޖެއިންނާއި ރާއްޖެއިން ބޭރުން ދައުލަތުގެ ހަރަދުގައި ސިއްހީ ހިދުމަތް ވެސް ކުރީގެ ރައީސުންނަށް ލިބެ އެވެ.

އޭގެ އިތުރުން އޮފީސް ހިންގަން މަހެއްގެ މައްޗަށް 175،000ރ. ގެ އިނާޔަތެއް ކުރީގެ ރައީސުންނަށް ލިބެ އެވެ.

ކޮމެންޓު
ކޮމެންޓްތައް
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved