March 20, 2026
Advertisement
ޕީއެންސީ މަޖިލިސް މެމްބަރުން
ޕީއެންސީ މަޖިލިސް މެމްބަރުން / ރައްޔިތުންގެ މަޖިލިސް

މާލީ ބަޔާންތައް ނެރުނީ ނަމަކަށް، އޮތީ ހުސް އޮޅުވާލުން: ރައީސް ޔާމީން

Mariyam Isaadha
މަރިޔަމް އިސާދާ
Sep 9, 2025, 02:55 AM
މާލެ ސިޓީ

ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ ތެރެއިން ޕީއެންސީއަށް ނިސްބަތްވާ މެމްބަރުންގެ މާލީ ބަޔާންތަކަކީ ނަމެއްގައި ނެރުނު އެއްޗެއް ކަމަށާ އެ ބަޔާންތަކުގައި ހުރީ ހުސް އޮޅުވާލުންތައް ކަމަށް ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެއެވެ.

Advertisement

ރައީސް ޔާމީން މިފަދައިން ވިދާޅުވީ، ހޯމަ ދުވަހުގެރޭ ބޭއްވި ޕީއެންއެފްގެ ޓައުން ހޯލް ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ. އެގޮތުން ރައީސް ޔާމީން ވިދާޅުވީ، ގިނަ މެމްބަރުންނަކީ ރައީސް މުއިއްޒުގެ ރިޔާސީ އިންތިހާބަށް ޚަރަދުކުރި މީހުން ކަމަށް ފެންނަން އޮތް ކަމަށްވީ ނަމަވެސް މިހާރު އެ މެމްބަރުން ހާ ފަގީރު ބަޔަކުވެސް ނެތް ކަމަށެވެ.

މީގެ އިތުރުން މަޖިލިސް މެމްބަރުންނަށް ވީތީ ބައެއް މެމްބަރުންނަށް ބީއެމްއެލްގެ ލޯންތައް ލިބިފައިވާ ކަމަށް ވިދާޅުވެ ރައީސް ޔާމީން ވިދާޅުވީ އެއިން އެއްވެސް މީހަކީ އެ ފަދަ ބޮޑެތި ލޯނުތަކަށް ޝަރުތުވެސް ހަމަނުވާ މީހުން ކަމަށެވެ.

ނެރެފައިވާ މާލީ ބަޔާންތައް ތާކުން ތާކު ނުޖެހޭ، ހަމައެކަނި އިޖުރާއަތް ފުރިހަމަ ކޮށްލީ. މާލީ ބަޔާންތަކުގައި ހުރީ ބޮޑެތި އޮޅުވާލުންތައް. މަޖިލިސް މެމްބަރުންނަށް ލިބުނު ހަދިޔާ ފެތޭނީ ރިޝްވަތަށް.

ރައީސް ޔާމީން

ރައީސް ޔާމީން ވިދާޅުވީ، މެމްބަރުންގެ މާލީ ބަޔާނުގައި ފޮރުވުންތައް ހުރިކަން ސާބިތަށް ފެންނަން އޮތްއިރު އެކަން ތަހުގީގުކުރަން ޕީޖީ ފުލުހުންނަށް އަމުރުކުރަން ޖެހޭ ކަމަށާ އެ އަމަލު ފެތެނީ މަނީ ލޯންޑަރިންގެ ތެރެއަށް ކަމަށެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved