March 20, 2026
Advertisement
ޕީއެންސީގެ ޕާލިމެންޓް ޕީޖީގެ ވެރިން
ޕީއެންސީގެ ޕާލިމެންޓް ޕީޖީގެ ވެރިން / ރައްޔިތުންގެ މަޖިލިސް

މުދަލާ މެދު ސުވާލު ވެވޭނެ ދުވަހެއް އަންނާނެ: ޑރ ޖަމީލު

Mariyam Isaadha
މަރިޔަމް އިސާދާ
Sep 9, 2025, 03:37 AM
މާލެ ސިޓީ

ހަދިޔާ ބަދިޔާގެ ގޮތުގައި މީހަކަށް އެއްޗެއް ލިބިދާނެ ކަމަށާ ނަމަވެސް އެ ލިބުނު ގޮތާ މެދު ސުވާލުކޮށް ޖަވާބުދާރީ ވާން ޖެހޭނެ ދުވަހެއް އެބަ އޮތްކަން ކުރީގެ ނައިބު ރައީސް ޑރ މުހައްމަދު ޖަމީލު އަހުމަދު ހަނދާން އައުކޮށްދެއްވައިފިއެވެ.

Advertisement

ޕީއެންއެފްގެ ޓައުން ހޯލު ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ޑރ ޖަމީލު ވިދާޅުވީ، މަޖިލީހުގެ ޕީއެންސީ މެމްބަރުންނަށް ވަރަށް އޯގާތެރި ހުލުގު ހެޔޮ ރައްޓެހިންގެ ފަރާތުން ބޮޑެތި އަދަދުތަކުން ހަދިޔާ ފަދަ އެއްޗެއްހި ލިބިފައިވާ ކަމަށް މާލީ ބަޔާންތަކުން ފެނިގެން ގޮސްފައިވާ ކަމަށެވެ.

ޑރ ޖަމީލު ވިދާޅުވި ހެޔޮ އެދޭ ރަހުމަތްތެރިން ތިބުމަކީ ނިއުމަތެއް ކަމަށާ ނަމަވެސް އެ ނިއުމަތުގެ ތެރެއިން ވެސް ގޯހެއް ހިނގާނަމަ އެއީ ވަރަށް ބޮޑަށް ސަމާލުވާން ޖެހޭ ކަމެއް ކަމަށެވެ. އެގޮތުން ލިބޭ ހަދިޔާތަކުގެ ފުރިހަމަ ހަގީގަތް ހޯދާ ހާމަކުރަން ވާނެ ކަމަށާ އެކަން ވަންހަނާކުރި ނަމަވެސް އެކަންކަން ހާމަވެ އެކަން ކަމާ މެދު ސުވާލު ކުރެވޭނެ ދުވަހެއް އަންނާނެ ކަމަށެވެ

ޑރ ޖަމީލު ވަނި ސަރުކަރު ތެރޭގައި ތިއްބެވި ދީނީ އިލްމުވެރިން އެކަންކަން ސަރުކާރު މެމްބަރުންނަށް ފަހުމުކޮށް ކިޔައިދޭން ޖެހޭ ކަމަށާ އެއީ އިލްމުވެރިންގެ ބޮލުގައި އެޅިފައި އޮތް ވަރަށް ބޮޑު ޒިންމާ އެއް ކަމަށެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved