May 4, 2026
Advertisement
ޑރ ޖަމީލް
ޑރ ޖަމީލް / ތޭރަ އޮންލައިން

ގައުމު ގޯހުން ގޯހަށް ދާއިރު ދީނީ އިލްމުވެރިންގެ ޒިންމާއެއް ނެތީތޯ؟ : ޑރ ޖަމީލް

Aiminath Zawjah
އައިމިނަތް ޒަޢުޖާ
Sep 9, 2025, 04:41 PM
މާލެ ސިޓީ

ގައުމުގެ ކަންކަން ގޯހުން ގޯހަށް ދާއިރު ދީނީ އިލްމުވެރިންގެ ޒިންމާ އަދާނުކުރައްވަނީ ކީއްވެގެންތޯ ޑރ މުހައްމަދު ޖަމީލް އަހްމަދު ސުވާލުކުރައްވައިފިއެވެ.

Advertisement

ޕީއެންއެފްގެ ޓައުން ހޯލް ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ޑރ ޖަމީލް ވިދާޅުވީ ގައުމުގައި ވައްކަމާއި ކޮރަޕްޝަން މިހާވަރަށް އާންމުވެފައިވާއިރު ޝެއިޚް ޖަނާބު އަދި ޝެއިޚް ލަތީފްމެން ފަދަ ދީނީ އިލްމުވެރިން ހަނު ތިއްބަވަނީ ކީއްވެގެން ކަން ރައްޔިތުންނަށް ސާފުކޮށްދޭންޖެހޭ ކަމަށެވެ.

ސަރުކާރުގެ ތެރެއިން ހުރިހާ ބޭފުޅުން އެއްވެގެން މި ކުރަނީ ވައްކަމާއި ކޮރަޕްޝަނާއި ފަސާދަ. ކީއްވެގެންތޯ ރިޝްވަތުގެ މިހާ ނުބައިކަން އާންމުވާއިރު ދީނީ އިލްމުވެރިން ޝެއިޚް ޖަނާބު، ކުޑަ ޖަނާބު، ޝެއިޚް ލަތީފް މެން ބަސްތައް ނުބުނަނީ ކީއްވެގެންތޯ؟

ޑރ ޖަމީލް ވިދާޅުވިއެވެ.

މީގެ އިތުރުން، މިގައުމުގައި އިސްލާމީ ރިވެތި ވެރިކަމެއް ކުރައްވާނެ ކަމަށް މާތްﷲ ގަންދީ މުއިއްޒު ހުވާކޮށްގެން ހުރެ މިފަދަ ޖަރީމާތައް ހިންގާއިރު ދީނީ އިލްމުވެރިންގެ ޒިންމާއެއް ނެތީތޯވެސް ޖަމީލް ވަނީ ކަންބޮޑުވުމާއިއެކު ސުވާލުކުރައްވާފައެވެ.

މިއާއިއެކު ރަސޫލާﷺ އެކަލޭނގެފާނުގެ ދަރިކަނބަލުން ފާތިމަތުގެފާނު ވައްކަން ކުރެއްވިޔަސް އަތް ކަނޑުއްވާނެ ކަމަށް ވިދާޅުވެފައިވާއިރު ފާޅުގައި ސަރުކާރު ތެރެއިން ވައްކަން ކުރަމުންދާއިރު މިފަދަ ބޭފުޅުންނަށް ހައްގު އަދަބު ދިނުމަށް ގޮވާލުމަށް ދީނީ އިލްމުވެރިންނަށް ޖަމީލް ވަނީ ހަނދާންކޮށްދީފައެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved