June 18, 2026
Advertisement
-
- / ސްޓެލްކޯ

‎ސްޓެލްކޯއަށް ބޮޑެތި ބަދަލުތަކެއް: ޝާޑުގެ އަންހެނުން މުޒުނާ ސްޓެލްކޯ ބޯޑަށް

Aiminath Sarah
އައިމިނަތް ސާރާ
Sep 10, 2025, 09:06 PM
މާލެ ސިޓީ

ސްޓޭޓް އިލެކްޓިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ)ގެ ޑިރެކްޓަރުންގެ ބޯޑުގެ މެމްބަރު ކަމުން މުހައްމަދު އާމިރު ވަކިކޮށް، އެ މަގަމަށް އާއިޝަތު މުޒްނާ އައްޔަނުކޮށްފިއެވެ.

Advertisement

ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) އިން ވިދާޅުވީ، ސްޓެލްކޯގެ ބޯޑު މެމްބަރުގެ ގޮތުގައި ހުންނެވި ތ. ތިމަރަފުށި، ބޮޑުގެ، މުހައްމަދު އާމިރު އެ މަގާމުން ވަކިކޮށް، އެ މަގަމާމަށް މއ. ޑޯންޝައިން، އާއިޝަތު މުޒްނާ އައްޔަނުކޮށްފައިވާ ކަމަށެވެ.

މުޒްނާއަކީ ސްޓެލްކޯގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރުގެ މަގާމުގައި ހުރި ބޭފުޅެކެވެ.

ސްޓެލްކޯގެ ބޯޑުން މިއަދު ވަކިކުރި އާމިރު އެ ބޯޑަށް އައްޔަނުކޮށްފައިވަނީ 2023 ވަނަ އަހަރުއެވެ.

މުޒްނާ ޑީއެމްޑީގެ މަގާމަށް އައްޔަން ކޮށްފައިވަނީ 2023 ވަނަ އަހަރުއެވެ.

އޭގެ ކުރިން އޭނާ ވަނީ އެ ކުންފުނީގެ ސެކްރެޓަރީގެ މަގާމާއި، ލީގަލް ޑިޕާޓްމެންޓުގެ ހެޑުގެ މަގާމާއި ބިއުރޯގެ ހެޑްކަން ވެސް ކުރައްވާފައެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved