theyra online
ހަބަރު
ސިޔާސީ
ވިޔަފާރި
ދުނިޔެ
ރިޕޯޓު
ވީޑިއޯ
ފޮޓޯ
Theme
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved
- / ސޯޝަލް މީޑިއާ
ހަބަރު
އަނިޔާކޮށް ކޮމިޓީއިން ނޫސްވެރިން ނެރުން، ސީޕީޖޭއިން ކުށްވެރިކޮށްފި
Mariyam Isaadha
މަރިޔަމް އިސާދާ
10 ސެޕްޓެމްބަރު 2025
މާލެ ސިޓީ

ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީއިން މިއަދު ނޫސްވެރިން ނެރުނު މައްސަލަ ކޮމެޓީ ޓު ޕްރޮޓެކްޓް ޖާނަލިސްޓްސް (ސީޕީޖޭ) އިން ހަރުކަށި އިބާރާތުން ކުށްވެރިކޮށްފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުވައްސަސާތަކާ ބެހޭ ކޮމެޓީގައި މިހާރު އޮތް މީޑިއާ ރެގިޔުލޭޓު ކުރާ ބިލު ދިރާސާ ކުރާ ބައްދަލުވުންތައް ފަށައިގެން ކުރިއަށް ގެންދާއިރު، ކޮމިޓީ ސިއްރުކޮށްގެން ކުރިއަށް ގެންދާތީ ނޫސްވެރިން ގެންދަނީ އަޑު އުފުލަމުންނެވެ.

އެގޮތުން މިއަދު ބޭއްވި ކޮމިޓިގެ ދެވަނަ ބައްދަލުވުންވެސް ނޫސްވެރިން ވަދެ ތިއްބާ ސިއްރުކުރަން ނިންމުމުން ނޫސްވެރިންވަނީ ސިއްރުކުރަން ނިންމީ މަޖިލީހުގެ ގާނޫނުގެ ކޮން މާއްދާއަކުންކަން ސާފުކޮށްދޭން ކޮިޓީގެ މުގައްރިރި މާފުށި ދާއިރާގެ މެމްބަރު ހުސެއިން ރިޒާ ކިބައިން އެދިފައެވެ. ނަމަވެސް ރިޒާއަށް އެކަން ސާފުކޮށްދެވިފައިނުވެއެވެ. އެއާއެކު ނޫސްވެރިން ވަނީ ކޮމިޓީ ދޫކޮށް ނުކުންނަން ދެކޮޅު ހަދާ އަޑު އުފުލާފައެވެ. އެއާއެކު މަޖިލީހުގެ މުވައްޒަފުން މެދުވެރިކޮށް ނޫސްވެރިން ނެރެފައިވަނި ބިންމަތީ ދަމާ ކުއްތާފައެވެ.

މިކަންކަމާ ގުޅިގެން ސީޕީޖޭއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ބާރުގެ ބޭނުންކޮށްގެން މަޖިލީހުގެ ކޮމެޓީ އިން ނޫސްވެރިން ނެރެލުން ކުށްވެރިކުރާ ކަމަށެވެ. އަދި ސީޕީޖޭ އިން ވަނީ ޑިމޮކްރަސީ އާ ހިލާފު ކަންތައްތައް ހިމެނޭ ބިލު އަނބުރާ ގެންދަން ރައީސް މުހައްމަދު މުއިއްޒަށް ތަކުރާރުކޮށް ގޮވާލައިފައެވެ.

"ނޫސްވެރިކަމުގެ މިނިވަންކަމަށް ތާއީދު ކުރައްވާނެ ކަމަށް ރައީސް މުއިއްޒު ވެވަޑައިގެންފައިވާ ވައުދު ދަމަހައްޓާ، ބިިލު އަނބުރާ ގެންދަން ގޮވާލަން އެ ޖަމްއިއްޔާ އިން ގޮވާލާފައެވެ.

ސީޕީޖޭއިން މިފަދައިން ގޮވާލާފައިވާއިރު، ބައިނަލްއަގްވާމީ ތަފާތު 20 ޖަމްއިއްޔާއަކުން މި ބިލު އަނބުރާ ގެންދިއުމަށް މީގެ ކުރިންވެސް ދިވެހި ސަރުކާރަށް ގޮވާލާފައިވެއެވެ. ސަރުކާރުގެ ސުޕަ މެޖޯރިޓީ އޮންނަ މަޖިލީހުގެ ކޮމިޓީން ސިއްރުކޮށްގެން ދިރާސާ މި ކުރަނީ، ސަރުކާރުގެ ބާރު ފޯރުވޭ ގޮތަށް އޮންނަ ކޮމިޝަނަކުން މީޑިއާތަކާއި ނޫސްވެރިން އަދި ސޯޝަލް މީޑިއާގައި ހިޔާލުފާޅުކޮށް މައުލޫމާތު ފަތުރާ މީހުންނަށް ހަރުކަށި ފިޔަވަޅުތަކެއް އެޅޭ ގޮތަށް ތައްޔާރުކޮށްފައިވާ ބިލެކެވެ.

އިއްޔެއާއި މިއަދުގެ ކޮމިޓީ ސިއްރުކޮށްގެން މި ގެންދަނީ ކޮމިޓީއަށް ބިލާ ގުޅޭ ގޮތުން އާންމުން ފޮނުވާފައިވާ ހިޔާލުތަކުގައި މީހުންގެ ޒާތީ މައުލޫމާތު ހުރެގެން ކަމަށް ބުނެއެވެ.

ކޮމެންޓު
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved