March 17, 2026
Advertisement
-
- / ދައުރު

ނޫސްވެރިން ބޭރުކޮށް މީޑިއާ ބިލް ދިރާސާކުރުން އަނެއްކާވެސް ސިއްރުކޮށްފި

Aiminath Zawjah
އައިމިނަތް ޒަޢުޖާ
Sep 10, 2025, 11:56 PM
މާލެ ސިޓީ

މީޑިއާތައް ރެގިއުލޭޓްކުރުމުގެ ނަމުގައި ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ބިލު ސިއްރުން ދިރާސާކުރުމަށް އެ ބިލު ދިރާސާކުރާ މިނިވަން މުއައްސަސާތަކުގެ ކޮމިޓީން ނިންމައި، ކޮމިޓީ ކަވަރުކުރަން ގޮސް ތިބި ނޫސްވެރިން އެ ތަނުން ބޭރުކޮށްފިއެވެ.

Advertisement

ދައުރުގެ ބޭރުން ބާއްވަމުން އަންނަ މަޖިލީހުގެ ޖަލްސާތަކުގައި ސަރުކާރުގެ ބާރު ހިންގޭ ގޮތަށް އޮންނަ ކޮމިޝަނަކުން މީޑިއާތަކާއި ނޫސްވެރިންނާއި ސޯޝަލް މީޑިއާ މަންސަތަކުގައި މައުލޫމާތު ފަތުރާ ޚިޔާލު ފާޅުކުރާ މީހުންނަށް ހަރުކަށި ފިޔަވަޅުތަކެއް އެޅޭ ގޮތަށް ހުށަހަޅާފައިވާ އެ ބިލުގެ މަސައްކަތްތައް ސަރުކާރުން އަންނަނީ ކުރަމުންނެވެ.

ބައްދަލުވުން ސިއްރުކުރުމަށް މި ކޮމިޓީއިން ނިންމާފައިވަނީ ބިލަށް ފޮނުވާފައިވާ ހިޔާލުތަކުގެ ތެރޭގައި ހިޔާލު ފޮނުވި މީހުންގެ ޒާތީ މައުލޫމާތު ހުރި ކަމަށާއި އަދި އެ ގޮތަށް ހުރި ޒާތީ މައުލޫމާތުތައް ލައިވް ކޮމިޓީއެއްގައި އާންމުވުމަކީ އެންމެ މަސްލަހަތު ހުރި ގޮތެއް ނޫން ކަމަށް ބުނެއެވެ.

ބައްދަލުވުން ސިއްރުކުރަން ނިިންމުމާއި ގުޅިގެން ނޫސްވެރިން ކަންބޮޑުވެ ސުވާލުތައް އަމާޒުކުރަން ފެށުމާއިއެކު މަޖިލީހުގެ ސެކުއިރިޓީ މުވައްޒަފުން ފޮނުވައިގެން، ގަދަކަމުން އެ ތަނުގައި ތިބި ނޫސްވެރިން ބޭރުކޮށްފައިވެއެވެ.

މީޑިއާތައް ކޮންޓްރޯލް ކުރުމަށް ހުށަހަޅާފައިވާ މި ބިލާއި ގުޅޭ ގޮތުން ކޮމިޓީން މިހާތަނަށް ހިޔާލު ހޯދި ކޮންމެ ފަރާތެއްގެފަރާތުން ވެސް ފާހަގަކޮށްފައިވަނީ ކަންބޮޑުވުންތައް ކަމަށްވާއިރު މި ބިލަކީ މަޝްވަރާކުރުމެއް ނެތި ތައްޔާރުކޮށްފައިވާ ބިލެއް ކަމަށްވެސް މި ފަރާތްތަކުން ބުނެއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved