

މި ސަރުކާރަކީ ދިމްޔާތް ބަދިގެއިން ހިންގަން ޖެހޭ ސަރުކާރެއް ނޫންކަމަށް ވިދާޅުވެ ޕީއެންއެފްގެ ސެކްރަޓަރީ ޖެނެރަލް މުހައްމަދު މަލީހް ޖަމާލް ވިދާޅުވެއްޖެއެވެ.
އަލަށް އުފަންވާ ކުދީންގެ ދުޅަހެޔޮކަމަށްޓަކާ ސިއްހީ ދާއިރާގެ ހުރިހާ ޚިދުމަތްތެރިން ގުޅިގެން ކުގައި މަސައްކަތް ކުރެއްވުމަށް ފަސްޓް ލޭޑީ ސާޖިދާ ވިދާޅުވި ޚަބަރެއް ރައީސް އޮފީހުން އާންމުކޮށްފައިވާ ޚަބަރަކަށް ރައްދު ދެއްވާ މަލީހް ވިދާޅުވީ މި ސަރުކާރު ހިންގަން ޖެހޭނީ މުއިއްޒުގެ ދެމަފިރިން ނޫން ކަމަށެވެ.
މިއާއި އެކު ރައްޔިތުންގެ ޓެކްސް ފައިސާއިން 65،000 ރުފިޔާގެ މުސާރައެއް ނަންގަވާ ސަރުކާރުގެ ހެލްތް މިނިސްޓްރު ކޮބާތޯ މަލީހް ކުރެއްވި އެކްސް ޕޯސްޓްގައި ވަނީ އައްސަވާފައެވެ.
Rayyithunge tax faisaa in 65000 rufiyaage musaara nangavaa Health Minister kobathoa? Misarukaarakee Dhimyaathu badhigein hingan jegey sarukaarehnoon. pic.twitter.com/rZ6Tfs8cB3
— Mohamed Maleeh Jamal (@maleehjamal) September 11, 2025
ސަރުކާރުގެ ވުޒާރާތަކަށާއި އިދާރާތަކަށް ބޭބޭފުޅުން އައްޔަނުކުރައްވާފައިވާއިރު މިއިން ކޮންމެ މުއައްސަސާއަކަށް މުއިއްޒުގެ ދެމަފިރިން ނުފޫޒު ފޯރުވަމުން ދިޔުމަކީ މިފަދަ މުއައްސަސާތަކަށް އައްޔަނުކޮށްފައިވާ ބޭފުޅުންނަށް މުއިއްޒު އިތުބާރު ނުކުރައްވާކަން ހާމަވާ ކަމެއް ކަމުގައި މަލީހް ސިފަކުރެއްވިއެވެ.
ދައުލަތުގެ ޚަރަދުން ހޭދަކުރައްވާ ރަސްމީ ކޮންމެ ދަތުރުފުޅެއްގައި ކަހަލަ ގޮތަކަށް ސާޖިދާވެސް އަންނަނީ ބައިވެރިވެ، ދިވެހި ގައުމު ބައިނަލްއަގްވާމީ އެހެނިހެން ގައުމުތަކުގެ ކުރިމަތީގައި ލަދުގަންނަވަމުން ކަންވެސް ފާހަގަކުރެވެއެވެ.