ރައީސް މުއިއްޒު އެމަނިކުފާނުގެ ރިޔާސީ ކެމްޕޭނުގައި ވިދާޅުވެފައި ވަނީ، އެމަނިކުފާނުގެ ސަރުކާރެއްގައި އެއްވެސް ކަމެއް ރައްޔިތުންނަށް ނުފޮރުވާނެ ކަމަށާއި އަދި ރައްޔިތުންނަށާއި ނޫސްވެރިންނަށް ކަމެއް ނޭނގިގެން އުޅެން ނުޖެހޭނެ ކަމަށެވެ.
އޮޑިޓު އޮފީހުން ހާމަކޮށްފައިވާ ގޮތުގައި ސަރުކާރުގެ ހިއްސާ އޮންނަ 29 ކުންފުންޏެއް އޮޑިޓު ކުރަން ނިންމާފައިވާ އިރު އޭގެ ތެރެއިން ބޭނުންވާ ވަގުތަށް މިދިޔަ އަހަރުގެ މާލީ ބަޔާންތައް އޮޑިޓު އޮފީހަށް ފޮނުވީ 16 ކުންފުންޏަކުން ކަމަށެވެ.