theyra online
ހަބަރު
ސިޔާސީ
ވިޔަފާރި
ދުނިޔެ
ރިޕޯޓު
ވީޑިއޯ
ފޮޓޯ
Theme
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved
ރައީސް ޑރ. މުހައްމަދު މުއިއްޒު / ރައީސް އޮފިސް
ހަބަރު
ވެރިކަމަށް 576 ދުވަސް މާލީ ބަޔާން އަދިވެސް ސިއްރު ކޮށްފައި!
Mariyam Ibrahim
މަރިޔަމް އިބްރާހިމް
15 ޖޫން 2025
މާލެ ސިޓީ

ރައްޔިތުންނަށް އެއްވެސް ކަމެއް ސިއްރުނުކޮށް ހިންގާނެ ކަމަށް ބުނި މި ސަރުކާރަށް 576 ދުވަސް ވީއިރު ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އާއި އެމަނިކުފާނު ސަރުކާރުގެ އިސްވެރިންގެ މާލީ ބަޔާންތައް އަދިވެސް ވަނީ ސިއްރުކޮށްފައެވެ.

އޮޑިޓާރ ޖެނެރަލް އޮފީހުގެ އޮފިޝަލަކާ ހަވާލާދީ އަދަދު ނޫހުގައި ހާމަކޮށްފައިވަނީ، ބައެއް ވެރިންގެ މާލީ ބަޔާންތައް އެ އޮފީހާ ހިއްސާކޮށްފައިވާ ކަމަށެވެ. ނަމަވެސް، އެ ބަޔާންތައް އޮޑިޓާރ ޖެނެރަލްގެ އޮފީހުން އާންމު ނުކުރާނެ ކަމަށާއި އާންމު ކުރާނީ ބަޔާން ހުށަހެޅި މީހުންގެ ތަފުސީލު ކަމަށް އޮފިޝަލު ވިދާޅުވި އެވެ.

މިސަރުކާރުގެ ވެރިންގެ މާލީ ބަޔާން ސިއްރު ކޮއްފައި ވާއިރު، ރައީސް މުއިއްޒު ހިމެނޭހެން ބޮޑެތި އެކިމަގާމު ތަކުގައި ތިއްބެވި ބޭފުޅުންނަށް އާންމުން ދަނީ ވައްކަމާއި ކޮރަޕްޝަނުގެ ތުހުމަތުތައް ކުރަމުންނެވެ.

ރައީސް މުއިއްޒު އެމަނިކުފާނުގެ ރިޔާސީ ކެމްޕޭނުގައި ވިދާޅުވެފައި ވަނީ، އެމަނިކުފާނުގެ ސަރުކާރެއްގައި އެއްވެސް ކަމެއް ރައްޔިތުންނަށް ނުފޮރުވާނެ ކަމަށާއި އަދި ރައްޔިތުންނަށާއި ނޫސްވެރިންނަށް ކަމެއް ނޭގިގެން އުޅެން ނުޖެހޭނެ ކަމަށެވެ.

ކޮމެންޓު
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved