theyra online
ހަބަރު
ސިޔާސީ
ވިޔަފާރި
ދުނިޔެ
ރިޕޯޓު
ވީޑިއޯ
ފޮޓޯ
Theme
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved
ކެންސަލްވި ބައިތަކުގެ ތެރޭގައި ވާރޭ ފެން ހިންދާ ނިޒާމު ސްޓޯމް ވޯޓާ ޑުރައިނޭޖުގެ މާސްޓާ ޕްލޭން ހެދުމަށް ހޭދަވާ ފައިސާ ހިމެނޭ / ސޯޝަލް މީޑިއާ
ހަބަރު
މަޝްރޫއަކަށް ހަމަޖެހުނު ފައިސާގެ ބޮޑު ބައެއް، ދައުލަތުގެ އިހުމާލުން ކެންސަލްވެއްޖެ
Mariyam Isaadha
މަރިޔަމް އިސާދާ
04 ޖުލައި 2025
މާލެ ސިޓީ

ރާއްޖޭގައި ބޮޑު މަޝްރޫއަކަށް ހަމަޖެހުނު ފައިސާގެ ބޮޑުބައެއް، ދައުލަތުގެ އިހުމާލުން ކެންސަލްވެއްޖެކަން ހާމަވެއްޖެއެވެ.

މިކަން ހާމަވެފައިވަނީ، އޮޑިޓް އޮފީހުން ނެރެފައިވާ އޮޑިޓް ރިޕޯޓުންނެވެ. ނިމިދިޔަ ހަފްތާގެ ހޮނިހިރު ދުވަހު އޮޑިޓަރ ޖެނެރަލްގެ އޮފީހން ނެރުނު އެ ރިޕޯޓުގައި ވާ ގޮތުން ކެންސަލްވެފައިވަނީ، ކާރިސާތަކުން އަރައިގަތުމަށް އެއްބަސްވި ބޮޑު މަޝްރޫއުއަށް ދޫކުރާ ފަންޑުގެ 60 ޕަސެންޓު ފައިސާއެވެ.

ޖުމްލަ 16.5 މިލިއަން ޑޮލަރު ހަމަޖެހުނު އެ ޕްރޮޖެކްޓުގެ ތެރެއިން 8.25 މިލިއަން ޑޮލަރަކީ ހިލޭ އެހީއެވެ. އަނެއް 8.25 މިލިއަން ޑޮލަރު ދޫކުރަން ހަމަޖެހިފައިވަނީ ލޯނުގެ ގޮތުގައި ކަމަށް ވެއެވެ. މިދިޔަ ސަރުކާރުން މޯލްޑިވްސް އާބަން ޑިވެލޮޕްމަންޓް އެންޑް ރިސައިލަންސް ޕްރޮޖެކްޓުގެ ތެރެއިން ރާއްޖެއަށް ކުރަން ހަމަޖެއްސި ގިނަ ކަންކަން މިހާރު ކެންސަލްވެފައިވާއިރު، ފަންޑުން ކެންސަލްވި ބައިތަކުގެ ތެރޭގައި ވާރޭ ފެން ހިންދާ ނިޒާމު ސްޓޯމް ވޯޓާ ޑުރައިނޭޖުގެ މާސްޓާ ޕްލޭން ހެދުމަށް ހޭދަވާ ފައިސާ އާއި ފެން ރައްކާތެރިކަމާއެކު ނައްތާލަން ބޭނުންކުރާ ޓްރީޓްމަންޓް ޕްލާންޓް ގާއިމްކުރުމަށް ހުރި ފައިސާ އާއި އަލިފާން ނިއްވުމުގެ ނިޒާމު ހަރުދަނާކުރުމުގެ މަޝްރޫއު ހިންގަން ހަމަޖެހުނު ފައިސާ ހިމެނެއެވެ.

މީގެއިތުރުން ޑިޒާސްޓާ މެނޭޖުމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) ގެ އައު އިމާރާތް އެޅުމަށް ހޭދަވާ ފައިސާ އާއި ނުރައްކާތެރި މާއްދާތަކުން ރައްކާތެރިކޮށްދޭ ހަޒުމަތު ސޫޓް ފަދަ ސާމާނު ގަތުމަށް ހޭދަވާ ފައިސާ އާއި އިލެކްޓްރޯނިކް ކޮންސްޓްރަކްޝަން ޕާމިޓް މެނޭޖުމަންޓް ސިސްޓަމް ގާއިމްކުރުމަށް ހަމަޖެހުނު ފައިސާ ވެސް ވަނީ ކެންސަލްވެފައެވެ.

އޮޑިޓް ރިޕޯޓްގައި ވަނީ އެ ފައިސާތައް ކެންސަލްވީ ދައުލަތުގެ އެއް އިދާރާ އިން އަނެއް އިދާރާއާ ދެމެދު މުއާމަލާތްކުރުން ރަނގަޅުނުވުމުގެ ސަބަބުން ކަމަށް ބަޔާންކޮށްފައެވެ.

ކޮމެންޓު
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved