March 16, 2026
Advertisement
.
. / މަޖިލިސް

ހަރަދު ކުޑަކުރުމުގެ ކަންތައް އިބިލީހުގެ ކައިވެންޏަށް ވެއްޖެ: އޮޑިޓާ ޖެނެރަލް

Yana Shareef
ޔާނާ ޝަރީފް
Nov 10, 2025, 07:07 AM

މާލީ ހާލަތު ރަނގަޅުކުރުމަށް ސަރުކާރުން ކުރާ ހަރަދުތައް ކުޑަކުރުން 'އިބިލީހުގެ ކައިވެންޏަށް' ވެފައިވާކަމަށް އޮޑިޓާ ނެޖެރަލް ހުސެން ނިޔާޒީ ވިދާޅުވެއްޖެ އެވެ.

Advertisement

ނިޔާޒީ މިފަދައިން ވިދާޅުވެފައި ވަނީ އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓު ދިރާސާ ކުރާ ކޮމެޓީގައި ވާހަކަ ދައްކަވަމުންނެވެ.

ނިޔާޒީ ވިދާޅުވީ ހަރަދު ކުޑަކުރުމުގެ ސިޔާސަތުތައް ހުރީ ދެމެހެއްޓެނިވި ލެވެލްއެއްގައި ނޫން ކަމަށެވެ. އޭނާ ވިދާޅުވީ އެ ސިޔާސަތުތައް ތަންފީޒުކުރުން ކޮންމެ އަހަރަކު ވެސް ފަސްކުރަމުންދާ ކަމަށެވެ.

އަންނަ އަހަރަށް ލަފާކޮށް އެކުލަވާލާފައިވާ ބަޖެޓު ފޮތުގައި ދަރަނި ކުޑަކުރަން އަޅާނެ ފިޔަވަޅުތައް ހިމަނާފައި ވެސް ނެތް ކަމަށް ވިދާޅުވެ ނިޔާޒީ ވަނީ ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައެވެ.

މަޖިލީހުން ބަޖެޓު ފާސްކުރާއިރު ހަރަދު ކުޑަކުރެވޭނެ އުސޫލަތައް މަޖިލީހަށް ހުށަހަޅައިގެން އެއާ އެއްކޮށް ބަޖެޓު ފާސްކުރަން ނިޔާޒީ ވަނީ އެދިވަޑައިގެންފައެވެ.

ނިޔާޒީ ވިދާޅުވީ ބަޖެޓު ފާސްކުރާއިރު އެއަށް ދޭ ރިކޮމެންޑޭޝަންތަކަށް އުސޫލެއްގެ ގޮތުން ސަރުކާރުން އިހުތިރާމު ކުރަން ޖެހޭނެ ކަމަށެވެ. އެއީ ދެމެހެއްޓެނިވި ގޮތެއްގައި ދައުލަތުގެ ހަރަދުތައް ވަކި ތަރުތީބަކުން ގެންގޮސް، ކެރިފޯރުންތެރިކަން ހުރި މިންވަރަކަށް ދަރަނި ކުޑަކުރަން ކަމަށް އޮޑިޓާ ޖެނެރަލް ފާހަގަކުރެއްވި އެވެ.

ނިޔާޒީ ސަރުކާރުގެ ހަރަދުތައް ކޮންޓްެރޯލް ނުކުރާކަމަށް ވިދާޅުވިއިރު, މި ސަރުކާރަކީ ހަރަދު ބޮޑު ސަރުކާރެއްކަަމަށް ގިނަ ބަޔަކު އަންނަނީ ބުނަމުންނެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved