March 16, 2026
Advertisement
ބ.އަތޮޅު ކައުންސިލް
ބ.އަތޮޅު ކައުންސިލް / އޭދަފުށި ޓައިމްސް

އޭދަފުށީ ކައުންސިލްގެ ބޮޑެތި މައްސަލަތަކެއް އޮޑިޓް ރިޕޯޓުގައި

Mariyam Ibrahim
މަރިޔަމް އިބްރާހިމް
Jul 6, 2025, 07:51 PM
މާލެ ސިޓީ

އޭދަފުށީ ކައުންސިލްގެ ބޮޑެތި މައްސަލަތަކެއް އެ ކައުންސިލްގެ 2023 ވަނަ އަހަރުގެ އޮޑިޓްގައި ފާހަގަކޮށްފިއެވެ.

Advertisement

މި މަހުގެ އެއްވަނަ ދުވަހު އޮޑިޓާ ޖެނެރަލްގެ އޮފީހުން އާންމުކުރި އޭދަފުށީ ކައުންސިލްގެ 2023 ވަނަ އަހަރުގެ އޮޑިޓް ރިޕޯޓުގައިވާ ގޮތުން، އެ ކައުންސިލުން މުވައްޒަފުންނަށް ލިމިޓެއް ނެތި އިތުރު ގަޑީގެ ފައިސާ ދެމުން ގޮސްފައި ވެއެވެ.

ކައުންސިލް އިދާރާގެ 34 މުވައްޒަފަކަށް އެ އަހަރު އިތުރު ގަޑީގެ ފައިސާގެ ގޮތުގައި 530،335 ރުފިޔާ ދީފައިވާއިރު، ބައެއް މުވައްޒަފުންނަށް އެ މުވައްޒަފުންގެ އަސާސީ މުސާރަ އާއި އިނާޔަތްތަކުގެ 86 އިންސައްތަ އާއި އެއްވަރުގެ އަދަދެއް އިތުރު ގަޑީގެ ފައިސާގެ ގޮތުގައި ދީފައިވާ ކަން އޮޑިޓް ރިޕޯޓުން ފާހަގަ ކުރެވެއެވެ.

މީގެ އިތުރުން ކައުންސިލް އިދާރާގެ މުވައްޒަފުން ރަސްމީ ގަޑީގައި އެކިއެކި ބޭނުންތަކުގައި ބޭރަށްދާ ގަޑިއާއި އެނބުރި އަންނަ ގަޑީގެ ރެކޯޑްވެސް އެ ކައުންސިލުން ބަލަހައްޓާފައި ނުވާކަމަށް އެރިޕޯޓުން އެނގިފައިވެއެވެ.

އެ ރިޕޯޓުގައި ފާހަގަކޮށްފައިވާ އެންމެ ބޮޑު އެއް މައްސަލައަކީ މަސައްކަތް ނިންމުމުގެ ކުރިން މަސައްކަތް ނިންމައި ޗެކްކުރި ލިޔުން ތައްޔާރުކޮށް ސޮއިކޮށްފައިވާ މައްސަލައެކެވެ.

އެއްފަހަރާ ކުރެވިދާނެ މަސައްކަތްތައް ބައިބައިކޮށްގެން ވަކި މަސައްކަތްތަކެއްގެ ގޮތުގައި ކޮށްފައިވުމާއި ބީލަމާ އެކީގައި ހުށަހަޅަން ޖެހޭ ލިޔުންތައް ފުރިހަމަ ނުވާ ބީލަންތައް ބަލައިގެންފައިވާ ކަން ވެސް ފާހަނގަ ކޮށްފައި ވެއެވެ. މީގެ އިތުރުން ގަވައިދާ އެއްގޮތަށް ހަރުމުދާ ބަލަހައްޓާފައި ނުވުން ފަދަ ކަންކަންވެސް ރިޕޯޓުގައި ފާހަގަކޮށްފައިވެ އެވެ.

އޮޑިޓް ރިޕޯޓުން އެނފިފައިވާ ގޮތުގައި 2023 ވަނަ އަހަރު އޭފަދުށީ ކައުންސިލްގެ ބަޖެޓަކީ 25.7 މިލިއަން ރުފިޔާއެވެ. އޭގެ ތެރެއިން އަހަރު ނިމުމުއިރު 17.5 މިލިއަން ރުފިޔާ ހަރަދުކޮށްފައި ވެއެވެ. އެންމެ ބޮޑު ހަރަދެއްކޮށްފައިވަނީ މުވައްޒަފުންގެ މުސާރައަށެވެ. އެއީ، 5.9 މިލިއަން ރުފިޔާ އެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved