ރައީސް ޔާމީން ވަނީ ޑީއެންއާރުގައި ހުރި މައުލޫމާތާ ގުޅުވާ ޝުޖާއު ދެއްކި ވާހަކަތަކަށް ރައްދުދެއްވާފައި. / ސަން އޮންލައިން
ސިޔާސީ
ރައީސް ޔާމީން ބާރަށު މައިކަށް: މިއުޅެނީ ޑީއެންއާރުން ވަކި ޕާޓީއަކަށް ވައްކަންކޮށްދިން މައްސަލައެއް ބޮޑުވެގެން
Mariyam Isaadha
މަރިޔަމް އިސާދާ
21 ޖެނުއަރީ 2025
މާލެ ސިޓީ

ޑިޕާޓުމަންޓު އޮފް ނޭޝަަނަލް ރެޖިސްޓްރޭޝަން (ޑީއެންއާރު)އިން މައުލޫމާތު ހޯދަން އެދުމުން އެ މައުލޫމާތު ހިއްސާކުރާނެ ކަމަށާ އެއީ މާ ބޮޑުކަމެއް ނޫން ކަމަށް ދޭހަވާ މޭރުމަކުން ބާރަށު ދާއިރާގެ މެމްބަރު އިބްރާހިމު ޝުޖާއު ދެއްކެވި ވާހަކަތަކަށް ރައީސް އަބްދުﷲ ޔާމީން ރައްދު ދެއްވައިފިއެވެ.

ޕީއެންއެފުން އާދިއްތަ ދުވަހުގެރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ، ޑީެނއާރުގައި ހުންނަނީ ދައުލަތުގެ އެސެޓެއް ނޫން ކަމަށާ އެއީ ދިވެހި ފަރުދުންގެ ޒާތީ ކަމަށާ އެ ބަލަހައްޓާ ބަޔަކީ ޑީއެންއާރުގެ މުވައްޒަފުން ކަމަށެވެ. ނަމަވެސް އެއީ ސަރުކާރުގެ އެއްޗެއް ނޫން ކަމަށް ތަކުރާރުކޮށް ވިދާޅުވެ ރައީސް ޔާމީން ވަނީ، ކޮންމެ ސަރުކާރަކުން އެދުނަސް ޑީއެއާރުން މައުލޫމާތު ދޭނެ ކަމަށް ޝުޖާއު ބުނި ބުނުމަށް ރައްދު ދެއްވާފައެވެ.

އެގޮތުން ރައީސް ޔާމީން ވިދާޅުވީ، މައްސަލައަކަށް ވެގެން އުޅެނީ ޑީއެންއާރުން ސަރުކާރަށް މުހިއްމު ކަމެއްގައި މައުލޫމާތު ފޯރުކޮށްދީގެން ނޫން ކަމަށާ މައްސަލައަކަށް ވެގެން އުޅެނީ ސިޔާސީ ޕާޓީތަކުގެ ތެރެއިން ވަކި ޕާޓީއަކަށް ޑީއެންއާރުން ވައްކަންކޮށްދިގެން އުޅޭ އުޅުން ކަމަށާ އެހެންކަމުން ކަމުގެ ހަގީގަތް އޮޅުވާނުލުމަށް ރައީސް ޔާމީން ވަނީ ޝުޖާއުއަށް ގޮވާލާފައެވެ.

ބާރަށު މައިކު ޖަވާބު ދެމުން ބުނެފައި އެބަ ހުރި ކޮންމެ ސަރުކާރެއްގައިވެސް ޑީއެންއާރަކީ ސަރުކާރުން އެދުމުން މައުލުމާތު ދޭ ތަކެނޭ. މީ ރައްޔިތުންނަށް އޮޅުވާލަން ދައްކާ ވާހަކަ. ޑީއެންއާރުން ސަރުކާރުގެ މުއައްސަސާއަކަށް މައުލޫމާތު ދީގެން ނޫން މިއުޅެނީކީ. ޑީއެންއާރުން ސިޔާސީ ޕާޓީތަކުގެ ތެރެއިން އެހެން ސިޔާސީ ޕާޓީއަކަށް ވައްކަންކޮށްދިގެން އުޅޭ މައްސަލަ މައްސަލައަކީ. މިއުޅެނީ ފުލުހުންގެ މުއައްސަސާއަށް މައުލޫމާތުތަކެއް ދީގެން ޖިނާއީ ކޯޓަށް މައުލޫމާތުތަކެއް ދީގެން ކަރެކްޝަނަލް ސާވިސްއަށް މައުލޫމާތުތަކެއް ދީގެން އެ ވާހަކައެއް ނޫން އަޅުގަޑު މި ދައްކަނީ. މި ދައްކަނީ ރައްޔިތުންގެ ޒާތީ މައުލޫމާތު ހިމެނޭ ޑޭޓާ ބޭސް ޕީއެންސީ ކިޔާ ސިޔާސީ ޕާޓީއަކަށް، މިވަގުތު ސަރުކާރު ހިންގާ ޕާޓިއަށް ދިގެން އެ ވައްކަން ކުރި ވާހަކަ. ސަރުކާރު ހިންގާ ޕާޓީއިން މިކަން ކުރީމަ ދުރުގައި ތިބޭ ބަޔަކު ކުރުމަށް ވުރެ އޭގެ ކުށުގެ ދަރަޖަ މަތިވެގެން އެބަދޭ.

- ރައީސް ޔާމީން

ރައީސް ޔާމީން ވިދާޅުވީ ޑީއެންއާރުން ވައްކަން ކުުރުމަށްފަހު ޕީއެންސީއަށް ނިސްބަތްވާ ބައެއް މަޖިލިސް މެމްބަރުން އެކަމުގެ ދިފާއުގައި ދައްކަނީ ވަރަށް ޣައިރު ޒިންމާދާރު ވާހަކަ ތަކެއް ކަމަށެވެ.

ކޮމެންޓު
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved