ރައީސް ޔާމީން ވިދާޅުވީ، ޝުޖާއަކީ ބަސް ބުނުމުގެ ކުރިން ރިޝްވަތު ނަގާ މީހެއް ކަމަށާ ބަސް ބުނުމަށް ފަހު ވެސް ރިޝްވަތު ނަގާ މީހެއް ކަމަށެވެ.
ލަދާ ހަޔާތަކީ އެމީހެއްގެ ބުރުސޫރަ ރީތިވުމުގައި އަޚްލާގީ ގޮތުން ބަލާ އެންމެ މުހިއްމު ދެ ސިފައެވެ. ނަމަވެސް އެކަމުގެ ކަންފުޅެއްވެސް ނެތްބަޔަކު ކޮންމެ ފަދަ ވާހަކައެއްވެސް ދައްކަފާނެއެވެ.
ރިވަރު ކިޔައިދިން ގޮތުގައި ރައީސް މުހައްމަދު މުއިއްޒު ހުވާކުރުމުގެ ރަސްމިއްޔާތުގެ ކަންކަންވެސް ޝުޖާއުގެ ކުންފުންޏާ ހަވާލުކޮށް ސަރުކާރުން ވަނީ ކޮރަޕްޝަން ހިމެނޭހެން ބޮޑު ސްކޭމެއް ހިންގާފައެވެ.
ސިޔާސީ މީހުން ދެކެ ރައްޔިތުން ފޫހި ވަނީ ފުހިވާން ޖެހިގެންނެވެ. މިކަން ބަހާ އަމަލުން ވެސް އެންމެ ރަގަޅަށް ދެއްކީ މިއަދުގެ ރައީސުލްޖުމްހޫރިއްޔާއެވެ.
ހައިކޯޓުގެ މީޑިޔާ އޮފިސަރކަން ކުރައްވާ އަމީން ފައިސަލް އޭނާގެ އެކްސްގައި ހާމަކޮށްފައިވާ ގޮތުގައި ޝުޖާއު ހަދަނީ ދޮގު ކަމަށާ ބާރު ބާރަށް ޝުޖާއު ވާހަކަ ދެއްކި ނަމަވެސް، ހަޔަރ އެޑިއުކޭޝަން މިނިސްޓްރީއަށް ފޯނުންވެސް އީމެއިލުންވެސް ނުގުޅޭކަން އޭނާ ފާހަގަކުރައްވާފައިވެއެވެ.
ޑރޖަމީލު މަޖާޒީ ގޮތަކަށް ވިދާޅުވެފައިވަނީ، އެންމެ ބޮޑު ފެމުނުތައް ޙިމާޔަތް ކުރުމަކީ ރައީސް މުހައްމަދު މުއިއްޒުގެ ބިޔަބޮޑު އިންވެސްޓްމަންޓެއް ކަމަށެވެ.
އަޑުތައް ފެތުރިފައިވާ ގޮތުގައި ޝުޖައުގެ އޮފިޝަލް އިވެންޓުއިން އެކްސްޕޯއަކަށް ގެނައި ޓެންޓުތަކެއް އެޗްޑީސީއަށް ވިއްކާލުމަށް ސަރުކާރާ ގުޅިގެން ދަނީ މަގު ކޮށަމުންނެވެ.
ބާރަށު ސުޖާއު ގަބޫލު ކުރާ ގޮތުގައި އޭނާ އަކީ މަޖިލީހުގައި މެމްބަރުންގެ މުސާރަ ކުޑަ ކުރުމަށް ވަކާލާތު ކުރައްވާނެ މީހާ އެވެ. އަދީ އޭނާ އަކީ ކޮރަޕްޝަނާއި ވައްކަމާ ދެކޮޅު މީހާ އެވެ. ނަމަވެސް ކަންވެ ނިމުނީ މުޅިން ދިމާ އިދި ކޮޅަށެވެ. ވާނީ ވެސް އެހެން ނެވެ. އަލަ ގަހަކުން ކެޔޮނިރެއް ނުފަޅާނެ އެވެ.
ޝުޖާއުމެން ރިޝްވަތު ނަންގަވައިގެން ރައްޔިތުންނަށް އޮޅުވާލާ ވާހަކަޔާއި ރައްޔިތުންގެ އަޑު އިއްވުމުގެ ބަދަލުގައި އިއްވަނީ ރައީސް މުއިއްޒުގެ އަޑުކަމަށް ރައީސް ޔާމީން
ނިމި ދިޔަ ސަރުކާރުގައި އެންމެ ގިނައިން އިވުނީ ކުރި ސަރުކާރު ކުރީ ސަރުކާރު މި ގޮވެލި ފައްޗެވެ. މިސަރުކާރުގައި ހަމަ އެ ގޮވެލި ފައްޗާއެކު އިވޭ އަނެއް އަޑަކީ ރައީސް ޔާމީން ރައީސް ޔާމީން މިހެން ގޮވާ އަޑެވެ.