އިންސާފަކީ އޭގެ ޒާތުގައި ގެއްލިއްޖެ ނަމަ ތަނެއްގެ ހަމަޖެހުން ގެއްލިގެން ހިނގައިދާނެކަމެކެވެ.
ސުޕްރީމު ކޯޓުގެ ފަނޑިޔާރުންގެ އަދަދު މަދުކުރުމަށް މި ސަރުކާރުން ކުރަމުން ގެންދާ މަސައްކަތަކީވެސް ހަޑި ހުތުރު ހުދުމުހުތާރު ކަމެއް ކަމަށް ފާހަގަކުރައްވާ ޝާހު ވަނީ ރާއްޖޭގައި ހިނގަމުން ގެންދާ ޖުޑިޝަރީއަށް ނުފޫޒު ފޯރުވުމުގެ ސިސްސިލާ ފެށި ބަޔަކީ އެމްޑިޕީކަން ފާހަގަކުރައްވާފައެވެ.
ރައީސް ޑރ މުހައްމަދު މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގެން ހުންނެވީ ތިން ބާރު ވަކިވެފައިވާ ރިޔާސީ ނިޒާމެއްގެ ތެރެއިން ކަމަށް ވީ ހިނދު އެމަނިކުފާނުގެ މުށު ތެރެއަށް މަޖިލިސް ގެންނަވާ މިނިވަން މުއައްސަސާތަކުގެ ވެރިންނަކީ ވެސް އެމަނިކުފާނު އައްޔަންކުރާ ބަޔަކަށް މިހާރު ހައްދަވާފައިވާއިރު އެންމެ ފަހުން އެމަނިކުފާނު ދިމާކުރައްވާފައި އެ ހުންނެވި ގައުމުގެ ފަނޑިޔާރު ގެތަކުގެ ބާރުވެސް އަތްޕުޅަށް ނަންގަވައި މިޅު ގައުމުގެ ހުރިހާ ބާރެއް އެމަނިކުފާނު ހިތު ހުރި ގޮތަކަށް ފޭރާން ހެޔޮވަރު ކުރުމަށް ކަމަށް ޑރ ޖަމީލު ވިދާޅުވިއެވެ.
ޑރ ޖަމީލުގެ ސުވާލެއް އެއްތަމަ ފަނޑިޔާރަށް އަމާޒުކުރެއްވީ ކުރީގެ ފިރިމިހާ މަރާލި އަންހެނަކަށް ހުކުމް ކުރުމުގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އުއްތަމަ ފަނޑިޔާރު ދެއްކެވި ވާހަކަފުޅަކަށް ރައްދު ދެއްވާއެވެ.
ޕީއެންއެފުން ބޭއްވި ޖަލްސާއެއްގައި ރާއްޖޭގެ އިގްތިސޯދީ ހާލަތު މިހާރު ހުރި މިސްރާބަށް ނަޒަރު ހިންގަވާ ލައްވާ މަލީހު ވަނީ ކަންބޮޑުވުން ފާޅުކުރައްވާފައެވެ.
ރައީސް ޔާމީން ވިދާޅުވީ ސުޕްރީމު ކޯޓުގެ ފަނޑިޔާރުން ސަސްޕެންޑުކޮށް ރައީސް މުއިއްޒު ޖުޑިޝިއަރީއަށް ފާޅުގައި ނުފޫޒު ފޯރުވަމުންދާ ދިއުމާ މެދު ފަނޑިޔާރުންގެ ބެލެނިވެރި ފަރާތުގެ ގޮތުގައި ހުންނަވާ އުއްތަމަ ފަނޑިޔާރު ބަސްފުޅު ވިދާޅުވާން ޖެހޭނެ ކަމަށެވެ.
ޑރ. ޖަމީލު މިފަދައިން ވިދާޅުވީ އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.
ރައީސް ޔާމީން ވިދާޅުވީ އެމަނިކުފާނު ވަކި ފަނޑިޔާރެއްގެ ދިފާއުގައި ތެދުވަނީ ނޫން ކަމަށާ ނަމަވެސް ހުސްނުއްސުއޫދުގެ މައްސަލައެއް އޮވެ އެ މައްސަލަ ބަލަން 15 މަސް ދުވަސް ސަރުކާރަށް ލިބިގެން ދިޔައިރުވެސް އެކަންކަން ނުބަލާ ބޭއްވުމަށްފަހު ސުޕްރީމު ކޯޓުގައި ރައްޔިތުންނާ ގުޅުން ހުރި ބޮޑު ދުސްތޫރީ މައްސަލައެއް އޮއްވާ ކުއްލިއަކަށް ފަނޑިޔާރުންގެ ސުލޫކީ މައްސަލަ ފެންމަތިކުރުން ގޯސްކަމަށެވެ.
ރައީސް ޔާމީން މިފަދައިން ވިދާޅުވީ ހޯމަ ދުވަހުގެ ރޭ ޕީއެންއެފް އޮފީހުގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.