ވާނުވާ ބަންދު އުވާލަން ގޮވާލާ މާދަމާ އިހުތިޖާޖެއް ބޭއްވުމަށް ނިންމައިފިއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ވައުދާއި އެއްގޮތައް ވާނުވާ ބަންދު އުވާލައި، އަދި ކުށެއް ސާބިތު ނުވެ ވަކި ގޮތެއް ނުނިންމައި ބައިތިއްބާ ބޭތިއްބުން ނިމުމަކަށް ގެނައުން އަވަސް ކުރުމަށް ގޮވާލައި މާދަމާ އިހުތިޖާޖެއް އޮންނާނެއެވެ.
އިހުތިޖާޖު އޮންނާނީ ރައްޔިތުންގެ މަޖިލިސް ކުރާ ގޭގޭ ސަރަހައްދުގައި ކަމަށާ އެ ސަރަހއްދުގެ ޕާކިން ޒޯނަށް ވީހާވެސް ގިނަ ޞޭފުޅުން ވަޑައިގަތުމަށް އިހުތިޖާޖު އޯގަނައިޒުކުރާ ފަރާތުން އެދިފައިވެއެވެ.
މާދަމާ ހެނދުނު 11:30 ގައި އިހުތިޖާޖު ފެށޭނެއެވެ.
ރިޔާސީ ވައުދެއް ނުފުއްދައިގެން އިހުތިޖާޖަށް ނުކުންނައިރު އެ ބަންދުގައި ހުރި މީހަކު ވަނި ޖަލުގައި ހުކުރު ދުވަހު ނިޔާވެފައެވެ.
މީގެ ކުރިންވެސް މި ކަމާ ގުޅިގެން އިހުތިޖާޖުކޮށްފައިވާއިރު ޕީޖީ ހުސެއިން ޝަމީމު އެކަން ކުރުވަން ބޭނުންނަމަ ދައުލަތުން ވަސީލަތް ތަނަވަސްކޮށްދޭން ޖެހޭ ކަމަށް ވިދާޅުވެފައެވެ.