February 24, 2026
Advertisement
އޭޖީ އުޝާމްގެ ޕޯސްޓެއް ރީޕޯސްޓުކުރުމަށް ރައީސް މުއިއްޒު އެންގެވުން
އޭޖީ އުޝާމްގެ ޕޯސްޓެއް ރީޕޯސްޓުކުރުމަށް ރައީސް މުއިއްޒު އެންގެވުން / ރައީސް އޮފިސް

އޭޖީގެ ޕޯސްޓު ރީޕޯސްޓުކުރުމަށް އަންގާ ރައީސްގެ ވަޓްސްއަޕް މެސެޖެއް!

Mar 8, 2025, 03:10 AM
މާލެ ސިޓީ

ފަނޑިޔާރުންނަށް ސަރުކާރުން ނުފޫޒު ފޯރުވަމުންދާކަމުގެ އަޑުގަދަވުމުން އެކަން ނަފީކުރަން އެޓާނީ ޖެނެރަލް އަހުމަދު އުޝާމް މިސްމީޑިޔާގައި ކުރި ޕޯސްޓު، ރީޕޯސްޓު ކުރަން ރައީސުލްޖުމްހޫރިއްޔާ މަޖިލީހުގައި ޕީއެންސީ ތަމްސީލު ކުރާ މެމްބަރުންނަށާ ވެރިކަން ކުރާ ޕާޓީގެ އިސްެވެރިންނަށް އަންގަވައިފިއެވެ.

Advertisement

ރައީސް މިފަދައިން މަޖިލިސް މެމްބަރުންނަށާ ޕާޓީގެ ލީޑާރޝިޕަށް އަންގާފައިވަނީ އެމަނިކުފާނާ އެކު އެ ބޭފުޅުން ތިއްބަވާ ވަޓްސް އަޕް ގުރޫޕަކަށް ފޮނުއްވި މެސެޖެއްގައެވެ. މިކަން މަޖިލިސް މެމްބަރަކު ވަނީ ކަށަވަރުވެސް ކޮށްދެއްވާފައެވެ.

އެގޮތުން ރައީސް މުއިއްޒު ވަޓްސް އަޕް ގުރޫޕަށް ފޮނުއްވި މެސެޖުގައި ވަނީ އުޝާމްގެ ޕޯސްޓު ރިޕޯސްޓުކޮށް، އެއަށް ކޮމެންޓު ކުރަން ވެސް ވަނީ އަންގަވާފައެވެ/ އެއަށް ފަހު މީސް މީޑިޔާގައި އުޝާމްގެ އެ ޕޯސްޓު ސަރުކާރު ތަމްސީލުކުރައްވާ ގިނަ ސިޔާސީ ބޭފުޅުން ގެންދަވަނީ ރީޕޯސްޓުކޮށް އަދި ޝެއަރ ވެސް ކުރަމުން ކަމަށްވެއެވެ.

ރައީސް މުއިއްޒުގެ އެ އެންގެވުމާއެކު ޕީއެންސީގެ ޕީޖީ ގްރޫޕުގެ ލީޑަރު އިބްރާހިމް ފަލާހު އެ ޕާޓީގެ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް ވެސް އެ ޕޯސްޓު ރީޕޯސްޓުކުރުމަށް ވަނީ ވަކިން އަންގައިފައިވާ ކަމަށްވެސް ވެއެވެ.

އެކަމާ ގުޅިގެން މައުލޫމާތު ދެއްވަމުން، ނަން ހާމަނުކުރުމަށް އެދި މަޖިލީހުގެ ޕީއެންސީ މެމްބަރަކު ވިދާޅުވީ ރައީސް މިފަދައިން އެންގެވީ ބެލެވޭ ގޮތުގައި މިހާރު ސަރުކާރަށް އެޅުނު ޅައެތި ވިސްނިވަޑައިގެން ކަމަށެވެ. ނަމަވެސް އެ މެމްބަރު ވިދާޅުވި ގޮތުގައި މިހާރު ދެން ވާނެ ވަރަކަށް "ޑެމޭޖު" ވެފައިވާ ކަމަށެވެ.

ފަނޑިޔާރުގެއަށް ނުފޫޒު ނުފޯރުވާކަން ދައްކަން އުޝާމް ކުރެއްވި ޕޯސްޓުގައި ވަނީ މިދިޔަ ސަރުކާރުގައި އަދި މި ސަރުކާރުގެ މިހާތަނަށް ޖޭއެސްސީން ފަނޑިޔާރުންނާ ގުޅޭ ގޮތުން ބަލާފައިވާ މައްސަލައިގެ ތަފާސްހިސާބެވެ. ފަނޑިޔާރުގެއަށް ސަރުކާރުން ނުފޫޒު ނުފޯރުވާކަން އެ ތަފާސްހިސާބުން އެނގެނީ ކިހިނެއްކަން ނަމަވެސް ނޭނގެއެވެ.

ރައީސް މުއިއްޒުގެ ސަރުކާރުން ޖުޑިޝިއަރީ ނުފޫޒު ނުފޯރުވާކަން ދެއްކުމަށް އޭޖީ މެދުވެރިކޮށް ޕޯސްޓުކުރައްވާ ރައީސް މުއިއްޒު ފަނޑިޔާރުންނަށް ފޯރުވި ނުފޫޒު މަތިއަޅަން މަސައްކަތްކުރައްވާ ކަމަށް ގިނަ ބަޔަކު ތުހުމަތު ކުރެއެވެ.

ސުޕްރީމު ކޯޓުގައި ރައްޔިތުންނާ ގުޅުން ހުރި ބޮޑު ދުސްތޫރީ މައްސަލައެއް ހިނގަނިކޮށް ސަރުކާރުން ސީދާ އަންގައިގެން ޖޭއެސްސީއިން ވަނީ ތިން ފަނޑިޔާރެއްގެ ސުލޫކީ މައްސަލަތަކެއް ފެންމަތިކޮށް ކުއްލި ގޮތަކަށް އެ ތިން ފަނޑިޔާރުން ސަސްޕެންޑްކޮށް ދުސްތޫރީ މައްސަލައިގައި އަޑުއެހުންތައް މަޑުޖައްސުވާފައެވެ. މިކަމާ ގުޅިގެން ރައްޔިތުން ދަނީ އެއަށް ވުރެ ހާމަކަން ބޮޑުކޮށް ޖުޑިޝިއަރީއަށް ނުފޫޒު ނުފޯރުވެވޭނެ ކަމަށް ބުނަމުންނެވެ.

ކޮމެންޓު
ކޮމެންޓްތައު
ރަށުކަތީބު
Mar 13, 2025, 02:29 PM
އަޅުގަޑުމެންނަށް އަޑުއިވިގެން ،ފެނިގެން ގޮސްފައިވަނީ އިންސާފު ގާއިމު ކޮއްދެއްވާން الله ގަންދީ ހުވާކުރައްވައިގެން ހުންނެވި ފަނޑިޔާރަކު އޭނާގެ ޒިންމާ އަދާނުކުރެވި ގެން އިސްތިއުފާ ދެއްވި މަންޒަރެވެ. އެވެސް މި ތިންބާރު ވަކިވެފަ ވާ ނިޒާމުގެ އެއްބާރު ކަމަށްވާ ރައީސުލް ޖުމުހޫރިއްޔާ ގެ ނުރަނގަޅު ނުފޫޒު ފަންޑިޔާރުގެ މައްޗައް އޮތުމުން ! ހިތާމައިގެ ކޮޅެއްނެއްނުންތޯ؟ ރައީސުލް ޖުމްހޫރިޔާ ސީދާ ފަނޑިޔާރު ގެތަކަށް ނުފޫޒު ފޯރުވާ ކަން ފަނޑިޔާރުގެ އިއުތިރާފުން އެއޮތީ އެނގޭށެވެ. ދެން ނިކަމެތި ރައްޔިތުންނަށް ލިބޭނީ ކޮން އިންސާފެއްތޯއެވެ. ހުދުމުހުތާރު ވެރިކަން މިހާރު މިހިނގަނީ އިނތިހާ އަށް ހުދުމުހުތާރު ކޮންކަން ފަނޑިޔާރުގެ ބަސްތަކުން ސާބިތުވޭ ނޫންތޯއެވެ.؟ ޤައުމުގެ ކައްޕިތާނުކަން ޙަވާލްކޮށްފައިވާމީހާ އޮޑީގެ މިސްރާބު ޖަހާފައި އެވަނީ އިންތިހާ އަށް އަނދިރި ދުވަސްތަކެއްނޫންތޯއެވެ.
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved