

ފަނޑިޔާރެއްގެ ހުކުމެއްގެ ތެރޭގައި މައްސަލައެއްގައި ތާށިވެފައި ހުންނެވި ނަމަވެސް ޖުޑީޝަރީއިން ހަދަމުންދާ ގޯހުގެ ވާހަކަ ދައްކަވާ، ރައްޔިތުންނަށް ހައްގު ހޯދާ ދެއްވަން ވަކާލާތު ކުރައްވާނެ ކަމަށް ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެއެވެ.
ރައީސް ޔާމީން މިފަދައިން ވިދާޅުވީ ބުރާސްފަތި ދުވަހުގެރޭ ޕީއެންއެފުން ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ރައީސް ޔާމީން ވިދާޅުވީ ނުފޫޒު ފޯރުވުމަކީ އިއާދަ ނުކުރެވޭނެ ކަމެއް ކަމަށާ އެހެންކަމުން ޖުޑީޝަރީ އިސްލާހު ކުރުމަކީ ވެރިމީހާގެ އެންމެ އިސް ވާޖިބަށް ވާން ޖެހޭނެ ކަމަށެވެ.
އެގޮތުން ޖުޑީޝަރީގެ ތެރެއިން ކޯޓުތަކުން ހަދާ ގޯހުގެ ސަބަބުން އެތައް ބައެއްގެ ހައްގުތައް ގެއްލި އެކަމުން އިއާދަ ނުކުރެވޭ ވަރުގެ ބޮޑެތި ގެއްލުންތައް ލިބޭއިރު އެކަމުގެ ބަދަލު ހޯޑާނެ ގޮތެއްވެސް މައްސަލަ ނމިމިގެން ދާއިރު ނުވެސް އޮންނަ ކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ.
ރައީސް ޔާމީން ވިދާޅުވީ ޖުޑީޝަރީ ހަލާކުވެގެން ދަނީ ޖުޑީޝަރީ ތެރެއިން ހަދާ ގޯސްތަކުގެ ސަބަބުން ކަމަށާ އެމަނިކުފާނަކީ ވެސް ޖުޑީޝަރީގެ ތެރެއިން ހެދި ގޯސްތަކެއްގެ ސަބަބުން އެތައް ހައްގެ ގެއްލި އަދި މިހާރުވެސް ފަނޑިޔާރުގޭގެ މުށު ތެރޭގައި ހުންނެވި ބޭފުޅެއް ކަމަށްވީ ނަމަވެސް އެ ވާހަކަތައް ދައްކަވާނެ ކަމަށެވެ.
އެ ގަހެއް ހަލާކުކޮށްލާ ފަންޏެއް އަޅާނީ އެ ގަހެއްގައޭ ބުނާ އުސޫލު މިހާރު މިއޮތީ. ޖުޑިޝަރީ ހަލާކުކޮށްލަނީ ޖުޑިޝަރީ ތެރެއިން. ކޯޓެއްގެ ފަނޑިޔާރެއްގެ މުގުރުގެ ދަށުގައި ހުއްޓަސް ހައްގަށް ވާހަކަ ދައްކާނަން.
ރައީސް ޔާމީން ވިދާޅުވީ، ސުޕްރީމު ކޯޓުގެ ފަނޑިޔާރުން ކަމުގައިވާ އަޒްމިރަލްދާ ޒާހުރިއާ މަހާޒު އަލީ ޒާހިރު ގަން ހިންގާތީ ހަމްދަރީ އެ ދެބޭފުޅުންނަށް އެމަނިކުފާނުގެ އެބަ އޮތް ކަމަށެވެ.