ޑިމޮކްރެސީއަށް ހުތުރުވާހެން މިއަދު ގައުމުގެ ކަންކަން ހިނގަމުންދާ ކަމީ ގިނަ ބަޔަކު މިއަދު އެކަމާ ގުޅިގެން ކަންބޮޑުވާ ކަމެކެވެ.
އާދިއްތަ ދުވަހުގެރޭ ޕީއެންއެފުން ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވަނި އަދުލު އިންސާފުގެ ދާއިރާ މިނިވަންވާނެ ކަމަށް ވިދާޅުވެ ވަޑައިގެންނެވި، ރައީސް ޑރ މުހައްމަދު މުއިއްޒު ޖުޑިޝިއަރީއަށާ ފަނޑިޔާރު ގެތަކަށް އަތްބާނާ ނުފޫޒު ފޯރުވަމުން ގެންދަނީ އިންތިހާއަށް ކަމަށް ވިދާޅުވެ ނުރުހުމާ ކަންބޮޑުވުން ފާޅުކުރައްވާފައެވެ.
އަލި ވިދާޅުވީ މިއީ މަޖިލީހުގެ ސުޕަރ މެޖޯރިޓީ ނަހަމަ ގޮތުގައި ބޭނުންކުރަމުންދާ ސަރުކާރެއް ކަމަށެވެ.
ރައީސް މުއިއްޒު ވިދާޅުވީ ރައީސް ޔާމީންގެ ޝަރީއަތްތައް ލަސްވެ ދިގުލައިގެންދާތީ ކަންބޮޑުވާ ކަމަށާއި އިންސާފު ލަސްވެގެން ދިއުމަށް ނޭދޭ ކަމަށް.
ޑރ. ޖަމީލު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، މިއަދު މުޅި ދިވެހި ގައުމުވެސް ގަބޫލްކުރާ ޙަގީގަތަކީ ރައީސް މުއިއްޒުގެ ބަހާއި ޢަމަލާ ދިމާނުވާކަމަށް ކެމެވެ. އެގޮތުން ޝަރުޢީ ނިޒާމަށް ނުފޫޒު ފޯރުވުން ނިމުނީކަމަށް ވިދާޅުވުމަށްފަހު، ދިވެހި ތާރީޚުގައި އެންމެ ބޮޑަށް ފަނޑިޔާރުގެއަށް ނުފޫޒު ފޯރުވި ވެރިމީހާކަމަށް ރައީސް މުއިއްޒު ވެއްޖެކަން ވެސް ރައްޔިތުން ގަބޫލުކުރާ ކަމަށް ޑރ ޖަމީލު ވިދާޅުވިއެވެ.
އެ ފާޑުކިޔުންތަކާ ގުޅިގެން ފަނޑިޔާރުކަމުން ނަން ނަގަން އެދި ޖޭއެސްސީއަށް ޝަހީދު ސިޓީއެއް ހުށަހަޅުއްވާފައިވެއެވެ.
ރައީސް ޔާމީން މިފަދައިން ވިދާޅުވީ ހޯމަ ދުވަހުގެ ރޭ ޕީއެންއެފް އޮފީހުގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.
އެމަނިކުފާނު ވިދާޅުވީ މަޖިލިސް މެމްބަރުން ކުރި ހުވައާ އެއްގޮަތަށް އަމަލުތައް ބަހައްޓަން ޖެހޭނެ ކަމަށާ އެގޮތުން އިންތިހާބުވެވަޑައިގެން ތިއްބެވި ދާއިރާތަކުގެ މަސްލަހަތަށްވުރެވެސް މުޅި ރައްޔިތުންގެ މަސްލަހަތު އިސްކުރަން ޖެހޭނެ ކަމަށް ރައީސް ޔާމީން ފާހަގަކުރެއްވިއެވެ.
ޑރ. ޖަމީލު މިފަދައިން ސުވާލެއް އަމާޒުކުރެއްވީ އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.
ޑީޖޭއޭ އިން ހުޅުދެލި ކޯޓަށް ވަކި އެންގުމެއް އެންގީ އެ ކޯޓުގެ ވަޒީފާއަށް ކުރިމަތިލީ މީހުންގެ މައުލޫމާތާ އެކު އެމީހުން އަޅާ ހެދުމުގެ މައުލޫމާތު ކޯޓުން ޑީޖޭއޭއާ ހިއްސާކުރުމުންނެވެ.