theyra online
ހަބަރު
ސިޔާސީ
ވިޔަފާރި
ދުނިޔެ
ރިޕޯޓު
ވީޑިއޯ
ފޮޓޯ
Theme
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved
. / ރައީސް އޮފިސް
ސިޔާސީ
ގްރޭޑު ހަތަރަކުން މަތީގެ ކުދިން ސްކާޓް ދަށުން ފަޓުލޫނު ލާން މަޖުބޫރުކުރަނީ
Yana Shareef
ޔާނާ ޝަރީފް
05 ޑިސެމްބަރު 2025

2027 ވަނަ އަހަރުން ފެށިގެން ސަރުކާރުގެ ސްކޫލްތަކުގެ ޔުނީފޯމަށް ބަދަލު ގެނައުމަށް ނިންމާފައިވާއިރު ގްރޭޑު 4 ން ފެށިގެން މަތީގެ ދަރިވަރުން ސްކާޓް ދަށުން ފަޓުލޫނު ލާން މަޖުބޫރުކުރަން ނިންމައިފިއެވެ.

2027 ވަނަ އަހަރުން ފެށިގެން ސަރުކާރުގެ ސްކޫލްތަކުގެ ޔުނީފޯމަށް ބަދަލު ގެނައުމަށް ނިންމާފައިވާއިރު އެ ބަދަލުތައް ގެންނަން ނިންމާފައިވަނީ ސްކޫލްތަކުގެ އިސްވެރިންނާއި ފުޅާ ދާއިރާއެއްގައި މަޝްވަރާކުރުމަށްފަހުގައި ކަމަށް ތަޢުލީމީ ވުޒާރާއިން ބުނެފައިވީނަމަވެސް "ތޭރައޮންލައިން"އަށް އިތުބާރު ހުރި މަސްދަރަކުން ބުނީ ތައުލީމީ ވުޒާެރާއިން ކަނޑައެޅިގެން ދޮގުހަދާފައިވާކަމަށެވެ.

ސްކޫލްތަކުން ތައްޔާރުވާން އަހަރެއް ދިނުމަށް ފަހު، ޔުނިފޯމް އެއްގޮތް ކުރަން ނިންމާފައި ވަނީ ހަތަރު ކުލައަކަށެވެ. އެއީ ގައުމީ ދިދައިގައި ހިމެނޭ ތިން ކުލަ ކަމަށްވާ ފެއްސާއި ރަތާއި ހުދުގެ އިތުރުން، އެޑިއުކޭޝަން މިނިސްޓްރީގެ ކުލަ، ނޫ ކުލައަށެވެ.

ސްކޫލުތަކަށް ފޮނުވި ނަމޫނާ

ޔުނިފޯމަށް ގެންނަން ނިންމާފައިވާ ބަދަލުގައި، ރަސްމީ ޔުނިފޯމުގެ މަތީބައި ނުވަތަ ގަމީސް ހުންނަން ޖެހޭނީ ހުދު، ސްކައި ބްލޫ، ޓީލް ގްރީން ނުވަތަ ލައިޓް ރެޑް ކުލައިގަ އެވެ. ރަސްމީ ޔުނީފޯމުގެ ފަޓުލޫނު/ސްކާޓް/ސޯޓު ހުންނަން ޖެހޭނީ ކަޅު ނުވަތަ ނޭވީ ބްލޫ ކުލައިން ކަމަށް އުސޫލްގައިވެ އެވެ.

ބުރުގާ އަޅާ ދަރިވަރުންނަށް ދެ ގޮތެއް ދީފައިވެ އެވެ. އެއް ގޮތަކީ ޔުނީފޯމު ކުލައިގެ ގަދަ ކުލައެއް ބުރުގާއަށް ބޭނުން ކުރުމެވެ. އެއީ ނޭވީ ބްލޫ، ރޯޔަލް ގްރީން ޑާކް ރެޑް ނުވަތަ ހުދު ކުލަ ބޭނުން ކުރުމެވެ. ދެވަނަ ގޮތަކީ ފަޓުލޫނު ނުވަތަ ސްކާޓް ކުލައިގެ ބުރުގާ ބޭނުން ކުރުމެވެ.

ފެހި، ރަތް، ނޫ ނުވަތަ ސްކޫލުން ބޭނުންކުރާ ކުލައަކުން އެކްޓިވިޓީ ޔުނިފޯމު ލެވިދާނެ އެވެ. އެކްޓިވިޓީއާ އެކު ސްކާޓް ނުވަތަ ފަޓުލޫނު ހުންނަން ޖެހެނީ ކަޅު ކުލައިންނެވެ.

ފައުންޑޭޝަން އަދި ކީ ސްޓޭޖް 1 އަދި 2ގެ ދަރިވަރުންގެ ބެޖު ހުންނަން ޖެހޭނީ ޔުނޯފޯމުގެ ޖީބުގައި ހަރުކޮށްފަ އެވެ. ކީ ސްޓޭޖް 3 އަދި 4ގެ ދަރިވަރުން ޔުނީފޯމާއެކު ޓައީ އަޅާނީ ސްކޫލުން ބޭނުންވާ ނަމަ އެވެ. ނަމަވެސް ކީ ސްޓޭޖް 5ގެ ދަރިވަރުންނަށް ޓައީ އަކީ ޔުނީފޯމުގެ ބައެކެވެ.

އުސޫލްގައިވާ ގޮތުން ޓައީ އަޅަން ޖެހޭނީ އެ ސްކޫލެއްގެ ކުލައިން ނުވަތަ ނޫ، ފެހި، ރަތް ކުލައިގެ ތެރެއިން އެ ސްކޫލަކުން ކަނޑައަޅާ ކުލައަކުންނެވެ. އަދި ޓައީގައި އެ ސްކޫލެއްގެ ބެޖު ޖަހަން ޖެހެ އެވެ.

ފައުންޑޭޝަނާއި ކީ ސްޓޭޖް އެކެއްގެ ފިރިހެން ދަރިވަރުން ރަސްމީ ޔުނީފޯމާއެކު ލާނީ ކަކުލުން ތިރިއަށް ހުންނަ ވަރުގެ ސޯޓެވެ. އަންހެން ކުދިން ލާން ޖެހޭނީ ސްކާޓް ނުވަތަ ފަޓުލޫނެވެ. އަންހެން ދަރިވަރުންނަށް ސްކާޓާއެކު ބޭނުން ނަމަ ހަރުވާޅު ވެސް ލެވޭނެ އެވެ.

އުސޫލުގައިވާ ގޮތުން އަންހެން ކުދިން ލާން ޖެހެނީ އަތް ދިގު ނުވަ އަތް ކުރުކޮށް ހުންނަ ގަމީސް ޓޮޕެވެ. ގަމީހުގެ ދިގުމިން ހުންނަން ޖެހޭނީ ފޫކޮޅު ފޮރުވި އެއަށް ވުރެ 2-4 އިންޗިއާ ދެމެދު ދިގުކޮށެވެ.

ޔުނީފޯމާއެކު ސްކާޓްލާ ދަރިވަރުން ފަޓުލޫނު ލާން ޖެހޭނެ އެވެ. ސްކާޓް ހުންނަން ޖެހޭނީ ކަކުލުން ތިރިއަށް ދެ އިންޗި ހުންނަ ވަރަށެވެ. ކުރިމަތިންނާއި ފުރަގަހުން ކޮންމެ ފަރާތެއްގައި ދެ ރޫ ނަގާފައި ހުންނަން ޖެހެ އެވެ. އަދި އަރިމަތީގެ ކޮންމެ ރުލެއްގެ ފުޅާމިނުގައި ދެ އިންޗި ހުންނަން ޖެހެ އެވެ. އަދި މެދުގައި ހުންނަން ޖެހެނީ ބޮކްސް ޕްލީޓް ނުވަތަ ރޫނަގައިފަ އެވެ.

ފަޓުލޫނުލާ އަންހެން ދަރިވަރުންނަށް ބެގީއެއް ނުކުރެވޭނެ އެވެ. ބެގީ ކުރެވޭނީ ސްކާޓްލާ ދަރިވަރުންނަށް އެކަންޏެވެ.

ކޮމެންޓު
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved