

ދައުލަތުގެ މިނިސްޓަރަކު ނުވަތަ މިނިސްޓަރުން ފެންވަރުގެ ބޭފުޅަކު ގޮއްސިނަމަ ކޮޅަށް ތެދުވަން އަންގައިފިއެވެ.
ސަރުކާރުން މިފަދަ ގޮތަކަށް އަންގާފައިވަނީ މިނިސްޓްރީ އޮފް އެޑިއުކޭޝަންގެ އިންޓާނަލް މެމޯއެއްގައެވެ.
އެގޮތުން އެ މިނިސްޓްރީގެ ސިނިއަރ އެޑްމިނިސްޓްރޭޓިވް އޮފިސަރ އުމްނިއްޔާ މުސްތަފާ މިނިސްޓްރީގެ ހުރިހާ ސެކްޝަންތަކަށް ފޮނުވި އެ މެމޯއަކީ ވެރިންނަށް އަދަބު އިހުތިރާމު އަދާކުރުމަށް އަންގާ ފޮނުވާފައިވާ މެމޯއެކެވެ.
މެމޯގައިވާ ގޮތުގައި، އެޑިއުކޭޝަން މިނިސްޓްރީގެ މިނިސްޓަރު ނުވަތަ މިނިސްޓަރު ފެންވަރުގެ ބޭފުޅަކު އެއްވެސް ކަމަކު، ސެކްޝަން/ޑިޕާޓުމަންޓު/ޑިވިޜަންއަށް ވަޑައިގެންފިނަމަ ތަނުގައި ތިއްބަވާ މުވައްޒަފުން އެ ބޭފުޅަކަށް އަދަބު އިހުތިރާމު އަދާކުރުމުގެ ގޮތުން ކޮޅަށް ތެދުވެ ހިނިތުންވުމާއެކު މުޚާތަބުކުރުމަށް ހުރިހާ މުވައްޒަފުންނަށްވެސް އަންގައި ދިނުމަށެވެ.
ސޯޝަލް މީޑިޔާގައި މި މެމޯގެ ސްކްރީން ޝޮޓު ހިއްސާކޮށް ބައެއް މީހުން ވަނީ ނުރުހުން ފާޅުކޮށްފައެވެ. އެގޮތުން ރަސްގެފާނުގެ މަންދޫބުން ވަޑައިގަންނަވާއިރު ދެން އަންގާނީ ސަޖިދަ ޖަހަން ކަމަށް ބައެއް ފަރާތްތަކުން ބުނެފައިވާއިރު، އެހެންމީހަކު ވަނީ މިއީ އަބަދުވެސް އުމްނިއްޔާ އުޅޭ ގޮތް ކަމަށާ ވެރިން ރުއްސަން އޭނާ ކޮންމެ ފަދަ ކަމެއްވެސް ކޮށްފާނެކަމަށް ބުނެފައެވެ.
މިއީ ކީއްވެގެން ނެރުނު މެމޯއެއް ކަމެއް އަދި ވަނީ ސާފުވާ ގޮތް ނުވެފައެވެ.