April 22, 2026
Advertisement
ގޮއިދޫ ސްކޫލުގެ ޓީޗަރަކު އެއްޖިންސުން ގުޅުން ހިންގުމަށް އެދި މީހުންނަށް މެސެޖުކުރާ ކަމުގެ ތުހުމަތު
ގޮއިދޫ ސްކޫލުގެ ޓީޗަރަކު އެއްޖިންސުން ގުޅުން ހިންގުމަށް އެދި މީހުންނަށް މެސެޖުކުރާ ކަމުގެ ތުހުމަތު / ސޯޝަލް މީޑިއާ

ސަރުކާރު ސްކޫލެއްގައި ކިޔަވައިދޭ ޓީޗަރަކު އެއް ޖިއްސުން ގުޅުން ހިންގަން ދައުވަތު ދެނީ!

Mariyam Isaadha
މަރިޔަމް އިސާދާ
May 18, 2025, 11:19 PM
މާލެ ސިޓީ

ސަރުކާރު ސްކޫލެއްގައި ކިޔަވައިދޭ ޓީޗަރަކު އެއް ޖިއްސުން ގުޅުން ހިންގަން ދައުވަތުދޭ މައްސަލައެއް ފެންމަތިވެއްޖެއެވެ.

Advertisement

މިފަދަ މައްސަލައެއް ފެންމަތިވެފައިވަނީ، ބ. ގޮއިދޫ ސްކޫލުގައި މަސައްކަތްކުރާ ބިދޭސީ ޓީޗަރެއްގެ ފަރާތުންނެވެ. އެގޮތުން އެ ޓީޗަރު ގެންދަނީ މީހުންނަށް މެސެޖުކޮށް އެއްޖިންސުން ގުޅުން ހިންގަން މަސައްކަތްކުރަމުން ކަމަށް ވެއެވެ.

އެގޮތުން ގޮއިދޫ ސްކޫލުގައި އިނގިރޭސި މާއްދާ ކިޔަވައިދެމުން ގެންދާ އިންޑިއާ ނިސްބަތްވާ އެ ޓިަޗު ގެންދަނީ އެއް ޖިއްސުން ގުޅުން ހިންގަން މީހުންނަށް މެސެޖުގެ ޒަރީއާއިން ދައުވަތުދީ އޭނާ ދިރިއުޅޭ ތަނަށް އަންނަން އެދެމުން ކަމަށްވެއެވެ.

މިކަމާ ގުޅިގެން މައުލޫމާތު ހިއްސާކުރަމުން ފުލުހުންގެ އިދާރާއިން ބުނެފައިވަނީ، މި މައްސަލަ އެ އިދާރާއަށް ހުށަހަޅާފައިވަނީ 2025 މެއި 17 ވަނަ ދުވަހު ކަމަށެވެ. އަދި  މި މައްސަލައިގެ މަޢުލޫމާތު ކަމާ ގުޅުން ހުރި އިދާރާތަކާ ހިއްސާކޮށް، އެ މުއައްސަސާތަކާ ގުޅިގެން އަޅަންޖެހޭ ފިޔަވަޅުތައް އަޅަމުން ގެންދާކަމަށްވެސް ފުލުހުން ބުނެފައިވެއެވެ.

ތުހުމަތު ކުރެވޭ ޓީޗަރު އެކި މީހުންނަށް މެސެޖުކޮށް ތަފާތު ވާހަކަތައް ދައްކާފައިވާ މެސެޖުތަކުގެ ސްކްރީންޝޮޓް މީސް މީޑިއާގައިވެސް ދަނީ ދައުރުވަމުންނެވެ.

މި މައްސަލާގައި އެޑިޔުކޭޝަން މިނިސްޓްރީގެ ބަހެއް އަދި ލިބޭގޮތް ވަނީ ނުވެފައެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved