
މާލޭގައި އެއް ދަންފަޅިއަށް ކިޔަވައިދޭ ސްކޫލުތަކުގެ ތެރެއިން އިޒުއްދީން ސްކޫލު ހިމެނޭ އިމާރާތް ވިޔަފާރިވެރިޔާ މަހުޖަނު ގާސިމް އިްބރާހިމަށް ދޭން އުޭޅކަމުގެ އަޑުތަކެއް ފެތުރިއްޖެއެވެ.
މިކަން ހާމަކޮށް ހަސަން ކުރުސީގެ އެކްސް އެކައުންޓުގައި ބުނެފައިވަނީ، ވިލާ ކޮލެޖަށް ދާދި އަވަހަށް ޔުނިވާސިޓިއެއް ދަރަޖަ ދޭން ނިންމާފައިވާ ކަމަށާ އަދި ވިލާ އިން ވަނީ އެ ކޮލެޖުގައި ކިޔަވަން ރާއްޖެއިން ބޭރުން ކުދިން އަންނާނެހެން ސުޓޫޑެންތު ވިސާ ދޫކުރުމަށް ވެސް އެދިފައި ކަމަށެވެ.
މީގެ އިތުރުން ވިލާގެ ކެމްޕަސް ބޮޑުކުރުމަށް ވިޅާއާ އިންވެގެން އޮންނަ އިޒުއްދީން ސްކޫލުގެ ގޯއްޗާ އިމާރާތް ދިނުމަށް ނިންމާފައިވާ ކަމަށްވެސް ބުނެފައިވެއެވެ.
މިކަމާ ގުޅިގެން ވިލާގެ ބަހެއް ވެސް އަދި އެޑިއުކޭޝަންގެ ބަހެއްވެސް އަދި ވަނީ ލިބޭ ގޮތް ނުވެފައެވެ.
އިއްޒުއްދީން ސްކޫލުގެ އިމާރާތް ވިލާއަށް ދޭން އުޅޭކަމުގެ އަޑުތަކެއް ފެތުރިފައިވާއިރު އެ ސްކޫލުގައި ރެނދުލާފައިވާތީ ކަމަށްބުނެ ސްކޫލުގެ ކިޔެވުން އެހެން އިމާރާތަކަށް ބަދަލުކުރަން އުޅޭކަމުގެ މައުލޫމާތު މީގެ ކުރިން ލިބިފައިވެއެވެ.









