ޕާޕާ ވިދާޅުވީ މި ގައުމުގެ މިނިވަންކަމާ ސިޔާދަަތައް އޮތް އެންމެ ބޮޑު ނުރައްކަލަކީ މިއަދު އިންޑިއާ ކަމަށާއި މި ސަރުކާރުން އިންޑިއާ އައުޓު ގަރާރު އުވާ ނުލަނީ ހެޔޮ ނިޔަތް ނެތުމުން ކަމަށް
ނަސްރުގެ ދުވަހާއި ގުޅޭގޮތުން ވާހަކަދައްކަވަމުން ޕާޕާ ވިދާޅުވީ އެ ދުވަހުގެ ހަމަލާގައި ގައުމަށް ޣައްދާރުވި ސިއްކަ އާއި މިއަދުގެ ރައީސް މުއިއްޒު އާއި އެއްވެސް ތަފާތެއް ނެތް ކަމަށެވެ.
ޕާޕާ މިހެން ވިދާޅުވީ ރާއްޖޭގެ ސިޔާސީ ތާރީޚާއި ގުޅޭ ގޮތުން ޕީއެންއެފް ފްރޮންޓް އޮފީސް ޖަލްސާގައި މިރޭ ވާހަކަދައްކަވަމުންނެވެ.
ތާރީޚާއި ގުޅުން ހުރި މިފަދަ މުހިއްމު ދުވަސްތަކުގެ ސައްހަ މައުލޫމާތު ފޯރުކޮށްދިނުމަކީ ގައުމީ ވާޖިބެއްގެ ގޮތުގައި ޕާޕާ ވަނީ ސިފަކުރައްވާފައެވެ.
ފަޔާޒް މިފަދައިން ވިދާޅުވެފައި ވަނީ އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.