ދިވެހިރާއްޖޭގައި ހަގީގީ މިނިވަންކަން އެބަ އޮތް ކަމާމެދު އެމްއެެންޑީއެފް ރިޓަޔާޑް ކާނަލް އަހުމަދު ފަޔާޒު (ޕާޕާ) ސުވާލު އުފައްދަވައވިއެވެ.
ދަ ފްރޮންޓު އޮފީހުގައި މިރޭ ކުރިއަށް ދާ ޖަލްސާގައި ވާހަކަ ދައްކަވަމުން ޕާޕާ ވިދާޅުވީ، ރައީސް އަބްދުﷲ ޔާމީން ވިދާޅުވި ފަދައިން ޖުމްހޫރީ މައިދާނުގައި ބޮޑު ދިދަ އެއް ނަގާފައި އިނުމުގެ މާނައަކީ އަދި ގައުމުގައި މިނިވަންކަން ހަގީގީ މާނައިގައި އޮތް ކަމުގެ އިޝާރާތެއް ނޫން ކަމަށެވެ.
ނަމަވެސް ގައުމުގައި ހަގީގީ މާނައިގައި މިނިވަންކަން އޮތްކަން ވަޒަންކުރަން ކުރެވޭނެ ކަންކަން އެބަ ހުރި ކަމަށާ އެގޮތުން ގައުމުގެ އިގްތިސޯދު އަޮތީ މިނިވަންކަމާ އެކުތޯއާ ގައުމުގެ އިސްތިގުލާލު އޮތީ ދިވެހިންނަށް ބާރު ފޯރާ ހިސާބުގައިތޯ ބަލަން ޖެހޭ ކަމަށް ޕާޕާ ވިދާޅުވިއެވެ.
ގައުމުގައި ހިންގާ ޕްރޮޖެކުޓުތަކުގެ ތަފްސީލު ހޯޑަން ނޫނީ މައުލޫމާތު ހޯދަން މަސައްކަތްކޮށްލާ އިރަށް ފޮރިން މިނިސްޓްރީއިން އެބަ ބުނޭ އޭ ދެން ތި ވާހަކަ ނުދައްކާށޭ އިންޑިއާއިން ރުޅި އަންނާނެއޭ. އެމީހުންނަށް ވީ ދުވަހަކުން އެމީހުން ނިންމާނެއޭ. މިފަދަ ކަންކަމުން އެބަ ދޭހަވޭ ގައުމު މިއޮތީ މިނިވަންކަން މަތީ ނޫންކަން
ޕާޕާ ވިދާޅުވީ، ކަނޑު ވިއްކާލުމުން އޭރު އަޑު އުފުލާފައި މިއަދު ފެންނަމުން ދަނީ އެކަމަށް ވެސް ކަނު ލޮލެއްދީގެން އިންޑިއާ ނުރުހުދާނެތީ ތިބި މަންޒަރު ކަމަށެވެ.