އިންޑިއާ އައުޓު ގަރާރު މި ސަރުކާރުން އުވާނުލަނީ މި ސަރުކާރަުގައި ހެޔޮ ނިޔަތް ނެތުމުން ކަމަށް ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް އަލަށް އުފައްދަވާ ޕާޓީ ޕިއެންއެފް އުފެއްދެވުމުގައި އިސްކޮށް ހަރަކާތްތެރިވާ ކާނަލް ރިޓަޔާޑް އަހުމަދު ފަޔާޒް ( ޕާޕާ) ވިދާޅުވެއްޖެއެވެ.
ޕާޕާ ވިދާޅުވީ މި ގައުމުގެ މިނިވަންކަމާ ސިޔާދަަތައް އޮތް އެންމެ ބޮޑު ނުރައްކަލަކީ މިއަދު އިންޑިއާ ކަމަށާއި މި ސަރުކާރުން އިންޑިއާ އައުޓު ގަރާރު އުވާ ނުލަނީ ހެޔޮ ނިޔަތް ނެތުމުން ކަމަށެވެ.
މި ގައުމުގެ މިނިވަން ކަމާ ސިޔާދަތަށް ހަމަ އޮތް އެންމެ ބޮޑު ނުރައްކަލަކީ އިންޑީއާ. މި ގަރާރު އުވާނުލުމަކީ މި ސަރުކާރުގެ އޮތް ނިޔަތް ނެތްކަން ހަގީގަތިގަ.
މީގެ އިތުރުން ޕާޕާ ވިދާޅުވީ އިންޑިއާ އައުޓު ގަރާރަކީ މި ސަރުކާރުން ވެރިކަމަށް އަންނަ ފުރަތަމަ ދުވަހު އުވާލަން ޖެހޭ ގަރާރެއް ކަމަށާއި އިންޑިއާ އައިޓު ގަރާރަކީ ގައިރުދުސްތޫރީ ގަރާރެއް ކަމަށް ވެސް ޕާޕާ ވަނީ ވިދާޅުވެފައެވެ.
ޕާޕާ ވިދާޅުވީ މިހާރު މިއޮތް އިންޑިއާ އަކީ ކުރީގެ އިންޑިއާ ނޫންކަމަށާއި ކުރީގަ އިތް ސެކިއުލާ އެއްބައިވަންތަ އިންޑިއާ މިއަދަކު ނެތް ކަމަށެވެ. މީގެ ސަބަބުން މިއަދު ގިނަ ގައުމުތަކުންވެސް އިންޑިއާ އައުޓު ގޮޮވަމުން ދާކަމަށްެވެސް ޕާޕާ ވަނީ ފާހަގަކޮށްފައެވެ.